...

ކޮވިޑް-19 އާގުޅޭ ވެންޓިލޭޓަރުތައް ހޯދުމުގެ މައްސަލައިގައި ދަޢުވާކުރުމަށް އެދި ފޮނުވައިފި

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރާ ވެންޓިލޭޓަރތައް ގެންނަނީ އާންމު އުޞޫލުތަކާ ޚިލާފަށް ވަކި ބައެއްގެ އަތުން ކަމަށާއި މިގޮތުން ތަކެތި ނުލިބެނީސް އެޑްވާންސް ފައިސާ ދައްކާފައިވާ ކަމަށާއި، އަދި ވެންޓިލޭޓަރތައް ގެންނަން ޑުބާއީގެ ކުންފުންޏަކަށް ވެސް އެޑްވާންސްކޮށް ފައިސާ ދައްކާފައިވާކަމަށް ބުނާ މައްސަލާގައި ދަޢުވާކުރުމަށްޓަކައި 14 އޮކްޓޫބަރު 2020ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އެގޮތުން، މި މައްސަލައިގައި ދަޢުވާކުރުމަށް ފޮނުވާފައިވަނީ، 11 ފަރާތެއްގެ މައްޗަށެވެ. 14 އެޕްރީލް 2020 ގައި ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށް ތަޙުޤީޤު ފެށި މި މައްސަލައިގެ ތަޙްޤީޤު ނިމިފައިވަނީ 13 އޮކްޓޫބަރު 2020 ގައެވެ.

މި މައްސަލައަކީ، މި ކޮމިޝަނުން ޚާއްޞަ އިސްކަމެއް ދީގެން، އަވަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކޮށްފައިވާ މައްސަލައެކެވެ. އެގޮތުން، މި މައްސަލަ ތަޙްޤީޤުކުރުމަށްޓަކައި ކޮމިޝަންގެ ތެރެއިން 04 އިންވެސްޓިގޭޓަރުން ހިމެނޭ ޚާއްޞަ ތަޙްޤީޤު ޓީމެއް އެކުލަވާލައިގެން، ތަޙްޤީޤު ކުރިއަށް ގެންގޮސްފައިވާއިރު، 22 އޮގަސްޓް 2020ން ފެށިގެން ޖޮއިންޓް އިންވެސްޓިގޭޝަންގެ ދަށުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ 03 އިންވެސްޓިގޭޓަރުން މި މައްސަލަ ތަޙްޤީޤުގެ މަސައްކަތުގައި ބައިވެރިވެފައިވެއެވެ. އެހެންކަމުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މި މައްސަލައިގެ ތަޙްޤީޤުގައި މި ކޮމިޝަނަށް ފޯރުކޮށްދެއްވާފައިވާ އެހީތެރިކަމާއި، އެ ސަރވިސް ކޮށްދެއްވާފައިވާ މަސައްކަތް ޝުކުރުވެރިކަމާއެކު ފާހަގަކުރަމެވެ.

މި މައްސަލައަކީ މި ކޮމިޝަނުން މިހާތަނަށް ތަޙުޤީޤުކުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކަށްބަލާއިރު ނިސްބަތުން އެންމެބޮޑު އެއް މައްސަލަ ކަމަށްވީނަމަވެސް، އެންމެ އަވަހަށް ތަޙްޤީޤުކޮށް ނިންމާފައިވާ މައްސަލަކަން ފާހަގަކުރަމެވެ. މިމައްސަލަ ތަޙްޤީޤުކުރުމުގައި ތަޙްޤީޤު ޓީމުން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތާއި ލިޔެކިޔުންތައް ހޯދުމަށްޓަކައި ދަޢުލަތު އިދާރާތައް ހިމެނޭހެން، ތަފާތު 08 އިދާރާއަކުން މަޢުލުމާތު އެއްކުރެވިފައިވެއެވެ. އަދި މި މައްސަލައާ ގުޅިގެން، ޖުމްލަ 1600 ޑޮކިއުމެންޓަކާއި، 500 އީމެއިލް ބެކަޕް ތަޙްޤީޤު ޓީމުން ދިރާސާކޮށް އެނެލައިޒްކޮށްފައިވެއެވެ. މީގެތެރޭގައި، މި މައްސަލައާ ގުޅުންހުރި އެކި ފަރާތްތަކުގެ ގިނަ ޢަދަދެއްގެ ބޭންކް އެކައުންޓްތަކާގުޅޭ  މަޢުލޫމާތު ހިމެނެއެވެ. މީގެއިތުރުން، މި މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ޖުމްލަ 36 ބަޔާނެއް ނަގާފައިވެއެވެ.

މި މައްސަލައިގެ ތަޙްޤީޤު ކުރިއަށް ގެންގޮސްފައިވަނީ ކޮވިޑް-19 އާ ގުޅިގެން މާލެ ފުރަބަންދު ޙާލަތުގައި އޮތް ދުވަސްވަރުގައި ކަމަށްވާތީއާއި، އަދި އޭގެފަހުން އައު ޢާންމު ޙާލަތުގައި ތަޙްޤީޤުގެ މަސައްކަތް ކުރިއަށް ގެންދަންޖެހުމަކީ، މިމައްސަލަ ތަޙުޤީޤުގައި މި ކޮމިޝަނަށް ދިމާވި ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެގޮތުން، މި މައްސަލައާ ގުޅިގެން ހޯދަންޖެހޭ ހެއްކާ ގަރީނާ ހޯދުމުގައި ދަޢުލަތުގެ ބައެއް އިދާރާތަކުގެ ލިޔެކިޔުންތައް ބަލަންޖެހުމާއި، ތަޙުޤީޤަށް ޙާޟިރު ކުރުމަށް ބޭނުންވާ ފަރާތްތައް ތަޙްޤީޤަށް ޙާޟިރުކޮށް ބަޔާންނެގުމުގައި މި ކޮމިޝަނަށް ވަރަށްބޮޑު ދަތިތަކާ ކުރިމަތިލާންޖެހުނެވެ.

މި މައްސަލައިގައި ހިމެނޭ ތުހުމަތުތަކާއި، އެ ތުހުމަތުތަކާގުޅޭ މައްސަލަ މި ކޮމިޝަނުން ތަޙްޤީޤުކޮށް ނިންމިގޮތް ތިރީގައި މިވަނީއެވެ.

1. މިނިސްޓްރީ އޮފް ހެލްތްއަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އާ ޙަވާލުކުރުމަށް ނިންމާފައިވަނީ އެ ކުންފުނީގެ މާލީ ޤާބިލްކަމާއި ތަޖުރިބާއަށް ބެލުމެއްނެތި ޑިއުޑިލިޖެންސް ހަދާފައިނެތީސްކަން އެނގޭތީ، މިއީ މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީގެ މެމްބަރުންގެ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން އެ ކުންފުންޏަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކޮށްފައިވާ ކަމެއް ކަމަށް ކުރާ ތުޙުމަތާގުޅޭ މައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށްބަލާއިރު، މިނިސްޓްރީ އޮފް ހެލްތްއަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އާ ޙަވާލުކުރުމަށް ބޭއްވި ބިޑްކޮމިޓީގެ (01 އޭޕްރިލް 2020) ބައްދަލުވުމުގެ ނިންމުމުގައި ބައިވެރިވެފައިވާތީއާއި، އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއަށް އެ މަސައްކަތް ހަވާލުކުރުމަށް ބިޑު ކޮމިޓީއިން ނިންމިއިރު، އެ ނިންމުން ނިންމާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.25 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާގޮތާ ޚިލާފަށް، އެ ކުންފުނީ ޑިއުޑިލިޖެންސްއެއް ނުހަދައި، އެ ކުންފުނީ މާލީ ޤާބިލްކަން އަދި ޓެކްނިކަލް ކެޕޭސިޓީއަށް ނުބަލާކަން ތަޙުޤީޤަށް އެނގޭތީއާއި، މަސައްކަތް ޙަވާލުކުރި ފަރާތް (އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ) އަށް  މިމަސައްކަތް ޙަވާލުކުރީ ޑަބްލިއު އެޗް އޯ އިން ދީފައިވާ ކޮންޓެކްޓަކަށް ކަމަށް ބުނެފައިވާއިރު، އެ ކޮންޓެކްޓަކީ ޑަބްލިއު އެޗް އޯ އިން ރަސްމީކޮށް ދީފައިވާ ކޮންޓެކްޓެއް ނޫންކަމަށް WR އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާ ސިޓީގައި ބުނެފައިވާތީއާއި، ބިޑްކޮމިޓީގެ ހުއްދަ ހޯދުމަށް ހުށަހަޅާ ޕްރޮކިއުމެންޓާބެހޭ ކަންތައްތައް، އެ މަރުހަލާގައި ކުރިއަށް ގެންދެވިފައިވަނީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންތޯ ހުއްދަދިނުމުގެ ކުރިން ކޮމިޓީން ބަލައި ޗެކުކުރަންވާނޭކަމަށް ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 10.15 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާއިރު، އެގޮތަށް ބިޑް ކޮމިޓީން ޢަމަލުކޮށްފައިނުވާތީއާއި، މި މައްސަލާގައި މުޢާމަލާތްކޮށްފައިވާ އީމެއިލްތަކުގެ ފޮރެންސިކް ރިޕޯޓުން ބިޑް ކޮމިޓީ ބޭއްވިއިރު އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގގެ ނަމުގައި އޮތް ކޯޓޭޝަންއެއް މިނިސްޓްރީ އޮފް ހެލްތަށް ލިބިފައި ނުވާކަން އެނގޭތީ، ބިޑުކޮމެޓިގެ 04 މެމްބަރުންގެ ތެރެއިން، 03 މެމްބަރުން ބިޑުކޮމެޓީގެ ނިންމުމުގައި ސޮއިކުރިފަހުން ބިޑު ކޮމެޓީގެ ނިންމުމުގައިވާ މަސައްކަތް ޙަވާލުކުރަން ނިންމި ފަރާތުގެ ނަން "އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ" ގެ ނަމަށް ބަދަލުކޮށް ބިޑުކޮމެޓީގެ ނިންމުންކަމަށް ބަޔާންކޮށްފައިވާ އެހެން ލިޔުމެއްގައި ބިޑުކޮމެޓީގެ މެމްބަރުން ސޮއިކޮށްފައިވީނަމަވެސް، އެ ނިންމުން ނިންމާފައިވަނީ ބިޑް ކޮމިޓީއަށް ހުށަހެޅިފައިވާ ހުށަހެޅުމަކަށް ނުވާތީ، އެއީ Dr.Ali Al Tuckmachy އަށް އެ މަސައްކަތް ހަވާލުކުރުމުގެ ނިޔަތުގައި ބިޑް ކޮމިޓީގެ މެމްބަރުން ކޮށްފައިވާ ކަމެއްކަމަށް ދަލީލްކުރާތީ، މި މައްސަލާގައި ތުހުމަތުކުރެވިފައިވާ، މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިޔުޓީ މިނިސްޓަރ، ނިޝާމާ މުޙައްމަދު ގއ.ދާންދޫ / ހަނދުވަރީވާދީ އާއި،  މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ، ކ.ގުރައިދޫ / ފަތިސްހަނދުވަރުގެ، ނައުޝާދު ޢަލީ އާއި، މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީގެ މެމްބަރު، ސ.ހިތަދޫ / ނޫރާނީހިޔާ، އާމިނަތު ޝައުފާ އާއި، މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑިރެކްޓަރ (ބިޑް ކޮމިޓީގެ މެމްބަރު)، މ.ހަޒާރީވިލާ / ކ.މާލެ، ފާޠިމަތު ލިމްޔާގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 512 ވަނަ މާއްދާގެ (ހ)ގެ 1 އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ދަށުން ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

2. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ޚިލާފަށް، މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމުގެ މަސައްކަތް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއާ ޙަވާލުކޮށް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި %75 އަށްވާ ފައިސާ އާއި %15 އަށްވާ ފައިސާ އެ ކުންފުންޏަށް ދީފައިވަނީ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން އެ ކުންފުންޏަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކަމަށް ކުރާ ތުހުމަތާގުޅޭ މައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށްބަލާއިރު، މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އާ ޙަވާލުކުރުމުގެ މަސައްކަތުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވެފައިވަނީ މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ (ފައިނޭންސް އެގްޒެކްޓިވް) އަޙްމަދު އަސްލަމްކަމާއި، މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ ކުރި ހުރިހާ މުއާމަލާތެއް ކޮށްފައިވަނީ އަޙްމަދު އަސްލަމްކަން ތަޙްޤީޤަށް ފާހަގަވާތީއާއި، އަޙްމަދު އަސްލަމްގެ ވަޒީފާގެ މަސްއޫލިއްޔަތުގެ ތެރޭގައި ޕްރޮކިއުމަންޓްގެ ކަންކަން ހިމެނިފައި ނެތްއިރު، ޕްރޮކިއުމަންޓްގެ ކަންކަން ކުރަމުންދާ ޔުނިޓާއި އެކަން ހަވާލުނުކޮށް، ޢަމަލީ ގޮތުން އެކަމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ އަޙްމަދު އަސްލަމް ކަމަށްވާތީއާއި،