ބިޑު ކޮމިޓީ

ބިޑު ކޮމިޓީއަކީ، “ދައުލަތުގެ މާލިއްޔަތު ގަވާއިދު” ގެ 10.13 ގެ ދަށުން ދައުލަތުގެ އޮފީސްތަކުން ކުރާ ޕްރޮކިއުމަންޓް މަސައްކަތްތަކުގެ ތެރެއިން ދައުލަތުގެ އޮފީސްތަކުގެ ބިޑު ކޮމިޓީތަކުން ހުއްދަ ދޭންޖެހޭ ޕްރޮކިއުމަންޓް މަސައްކަތްތަކަށް ހުއްދަ ދިނުމަށްޓަކައި ދައުލަތުގެ ކޮންމެ އޮފީހެއްގައި އުފައްދަންޖެހޭ ކޮމިޓީއެކެވެ. މިގޮތުން މިކޮމިޝަނުގައި އުފައްދާފައިވާ ބިޑު ކޮމިޓީގައި ތިއްބަވާނީ ޗެއަރޕާސަންއާއިއެކު 7 މެންބަރުންނެވެ.

މައިގަނޑު ޒިންމާ

  • ކޮމިޝަންގެ ޕްރޮކިއުމަންޓްގެ މަސައްކަތްތަކުގެ ތެރެއިން މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކޮމިޓީން ހުއްދަ ދޭންޖެހޭ ކަންތައްތަކާ މެދު ގޮތެއްނިންމުން.
  • ކޮމިޓީއަށް ހުށަހަޅާ ޕްރޮކިއުމަންޓްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ މިންގަނޑުތަކާއި އެއްގޮތަށްތޯ ބަލައި ޗެކްކުރުން.

މެންބަރުން

  • މާޖިދު ޙަސަން
  • ފާތިމަތު އިބްނާ
  • ފާޠިމަތު އާސާން
  • ޔުމްނާ ވަޙީދު
  • މަރިޔަމް ލިއުޝާ
  • އަލީ ޝަމީމް އާދަމް

ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީ

ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީއަކީ، "އޭސީސީ މުވައްޒަފުންނަށް ތަމްރީނު ދިނުމުގެ އުޞޫލު" ގެ ދަށުން މުވައްޒަފުންނަށް ޓްރޭނިންގ ފުރުޞަތުތައް ހަމަޖެއްސުމާއި މުވައްޒަފުން ތަމްރީނުކުރުގައި ކޮމިޝަނުގެ މެންބަރުންނަށް ލަފާދިނުމާއި އަދި ޓްރޭނިންގ އާއި ގުޅޭ ގޮތުން ކުރުމަށް ޙަވާލުކުރާ ދިރާސާތައް ކުރުމަށް، އޭސީސީ މުވައްޒަފުންނަށް ތަމްރީނު ދިނުމުގެ އުޞޫލުގެ 22 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ކޮމިޓީއެކެވެ. ކޮމިޓީ އެކުލެވިގެންވާ ގޮތް

މައިގަނޑު ޒިންމާ

  • ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިންގާ ތަމްރީން ޕްރޮގްރާމްތަކުގައި ކޮމިޝަންގެ ފަރާތުން ބައިވެރިވުމަށްއެދި ހުށަހަޅާ ފަރާތްތަކަށް ކޮމިޝަންގެ މުވައްޒަފުން ތަމްރީންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލާއި އެއްގޮތަށް ހުއްދަދިމުގައި ބަލަންޖެހޭ ކަންތައްތައް ފުރިހަމަވެފައިވޭތޯ ބަލައި ކޮމިޝަންގެ މެމްބަރުންނަށް ލަފާދިނުން
  • މުވައްޒަފުން ތަމްރީންކުރުމާއި ގުޅޭ ކަންކަމުގައި މެމްބަރުންނަށް ލަފާދިނުން
  • ކޮމިޝަނުން ކޮމިޓީއާ ޙަވާލުކުރާ އެންމެހާ މަސައްކަތްތައް ކުރުމާއި، މުވައްޒަފުން ތަމްރީނު ކުރުމާބެހޭގޮތުން ކޮމިޝަނުން ބޭނުންވާ ދިރާސާތައްކޮށް ލަފާދިނުން.

މެންބަރުން

  • އަޙްމަދު އަމީން
  • ފާތިމަތު އިބްނާ
  • ހަސަން މަނިކް
  • ޔުމްނާ ވަޙީދު
  • އާމިނަތު ޒިދްނާ

މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް ފިޔަވަޅު އެޅުމާއިބެހޭ ކޮމިޓީ

މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް ފިޔަވަޅު އެޅުމާއިބެހޭ ކޮމިޓީއަކީ، “އޭސީސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާއި މަޤާމުގެ ކުރިއެރުން ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު”ގެ ދަށުން މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާއި މަޤާމުގެ ކުރިއެރުން ދިނުމާ ގުޅޭ މަސައްކަތްތައްކުރުމަށް، އޭސީސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާއި މަޤާމުގެ ކުރިއެރުން ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގެ 18 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ކޮމިޓީއެކެވެ.

މައިގަނޑު ޒިންމާ

  • މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް ބޯނަސްދޭނެ މުވައްޒަފުންނާއި މަޤާމުގެ ކުރިއެރުންދޭނެ މުވައްޒަފުންނާއި އެހެން ފިޔަވަޅުތައް އަޅަންޖެހޭ މުވައްޒަފުން ކަނޑައަޅާ އެކަމާބެހޭ ދިރާސާ ރިޕޯރޓް ތައްޔާރުކޮށް މެމްބަރުންނަށް ހުށަހެޅުން.
  • ޕަރފޮމަންސް އެޕްރައިޒަލްއާ ގުޅިގެން އިސްތިޢުނާފް ކުރެވޭ މައްސަލަތައް ބެލުން.
  • ކޮމިޝަންގެ މުވައްޒަފުންގެ މަޤާމުގެ ކުރިއެރުން ދިނުމާއި މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު ތަންފީޒުކުރުމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ކޮމިޝަނަށް ލިފާދިނުން

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ

ޖިންސީ ފުރައްސާރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަކީ، “ޖިންސީ ފުރައްސާރަކުރުން ހުއްޓުވުމުގެ ޤާނޫނު”ގެ ދަށުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމާއި ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައި ތަޙްޤީޤްކޮށް ފިޔަވަޅު އެޅުމަށްޓަކައި، ޖިންސީ ފުރައްސާރަކުރުން ހުއްޓުވުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ކޮމިޓީއެކެވެ.

މައިގަނޑު ޒިންމާ

  • ކޮމިޝަންގެ މުވައްޒަފުންނާއި ގުޅޭ ގޮތުން ހުށަހެޅޭ ޖިންސީ ފުރައްސާރައާއި ބެހޭ މައްސަލަތައް ބަލައި، ތަޙްޤީޤު ކުރުމާއި، ފިޔަވަޅު އެޅުން.

މެންބަރުން

  • އާދަމް ޝާމިލް
  • ޝަޒްނާ ޙާޝިމް
  • މުޙައްމަދު ޝިމާޙް

މުރާޖަޢާ ކޮމިޓީ

މުރާޖަޢާ ކޮމިޓީއަކީ، “މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދު”ގެ ދަށުން އިންފޮމޭޝަން އޮފިސަރުގެ ނުވަތަ އިންފޮމޭޝަން އޮފިސަރުގެ ނިންމުމާމެދު ހިންހަމަ ނުޖެހޭ ފަރާތްތަކުން ހުށަހަޅާ ޝަކުވާތައް ބަލާ މުރާޖަޢާ ކުރުމަށްޓަކައި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދުގެ 42 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ކޮމިޓީއެކެވެ.

މައިގަނޑު ޒިންމާ

  • ކޮމިޝަނުގެ އިންފޮމޭޝަން އޮފިސަރ ނުވަތަ އިންފޮމޭޝަން އޮފިސަރުގެ ނިންމުމަކާމެދު ހިތްހަމަ ނުޖެހޭ ފަރާތްތަކުން ހުށަހަޅާ ޝަކުވާތައް ބަލާ މުރާޖަޢާކޮށް ފިޔަވަޅުއެޅުން

މެންބަރުން

  • އާމިނަތު ޒިދްނާ
  • ޢާއިޝަތު ޢަރީފާ