trust fund

ފަންޑުގެ މަޤްޞަދު

"މޯލްޑިވްސް އެންޓި-ކޮރަޕްޝަން ޓްރަސްޓް ފަންޑް" ގެ މަޤުސަދަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށާއި ނަޒާހަތްތެރިކަން ކުރިއެރުވުމަށް ވަކި ފަންޑެއް ޚާއްޞަކޮށް، ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކިއެކި ފަރާތްތަކުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަ ނިޒާމެއް ޤާއިމުކުރެވި، ތަފާތު ގޮތްގޮތުން މާލީ ތަނަވަސްކަން ހޯދައި ކޮރަޕްޝަނާ ދެކޮޅަށް ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކުރުން.

މޯލްޑިވްސް އެންޓި-ކޮރަޕްޝަން ޓްރަސްޓް ފަންޑަށް ޖަމާކުރާނީ:

  1. ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި އެކި ފަރާތްތަކުން، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށާއި ނަޒާހަތްތެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރުމުގެ ގޮތުން އެހީގެ ގޮތުގައި ލިބޭ ފައިސާ
  2. މޯލްޑީވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކެޑަމީން ހިންގާ ކޯސް ތަކުގެ އިދާރީ ފީއާއި ކޯސް ފީ އިން ލިބޭ ފައިސާ
  3. ކޮމިޝަނުގެ ކޮންފަރެންސް ހޯލާއި އެ ހޯލާ ގުޅިފައިވާ ވަސީލަތްތައް ކުއްޔަށް ދޫކޮށްގެން ހޯދާ ފައިސާ
  4. ކޮމިޝަނުގެ އެންގުންތަކާ ޚިލާފުވުމުން ނަގާ ފައިސާ
  5. ކޮމިޝަނަށް ލިބޭ ސްޕޮންސަރޝިޕްތަކުގެ ދަށުން މުވައްޒަފުންނަށް ދެވޭ ޓްރެއިނިންގައި މުވައްޒަފުން ބޮންޑާ ޚިލާފުވެ ފައިސާ ދައްކަންޖެހޭ ހާލަތްތަކުގައި ލިބޭ ފައިސާ ތިރީގައިވާ ކަންކަމުން މިނިސްޓްރީ އޮފް ފިނޭންސާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެއްބަސްވާ ފައިސާގެ އަދަދެއް:
  6. ކުށް ކުރުމަށް ބޭނުންކުރާ ފައިސާގެ ތެރެއިން އަނބުރާ ދައުލަތަށް ހޯދޭ ފައިސާ އާއި އެއިން ހޯދާ މަންފާ
  7. ކުށް ކޮށްގެން ހޯދާ ފައިސާ އާއި އެއިން ހޯދާ މަންފާއިން ލިބޭ ފައިސާ
  8. ކުށް ކޮށްގެން ހޯދާ މުދަލާއި އެ މުދަލުން ހޯދާ މަންފާ
  9. ކުށް ކޮށްގެން ހޯދާ މުދަލާއި އެ މުދަލުން ހޯދާ މަންފާ އަނބުރާ ދައުލަތަށް ނަގާ ހާލަތުގައި، އެ ތަކެތި ބޭނުންކޮށްގެން ދައުލަތަށް މަންފާ ހޯދާ ހާލަތުގައި ލިބޭ މަންފާ

އެންޓި-ކޮރަޕްޝަން ޓްރަސްޓް ފަންޑްގެ ފައިސާ ބޭނުން ކުރެވޭނީ ތިރީގައި ބަޔާން ކުރެވިފައިވާ ކަންތައްތަކަށެވެ.:

  1. ކޮރަޕްޝަނުގެ ޢަމަލުތަކުން ލިބޭ ގެއްލުމާއި އެ ޢަމަލުތަކުގެ ނުބައިކަމުގެ މައްޗަށް ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނާއި ޢާންމުން ހޭލުންތެރި ކުރުވައި ނަޒާހަތްތެރިކަން ކުރިއެރުވުމަށް ހިންގަންޖެހޭ ޙަރަކާތްތައް ހިންގުމާއި، ކޮރަޕްޝަނުގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުމަށް
  2. އެންޓި-ކޮރަޕްޝަން އެޖެންސީތަކާ ގުޅުން ބަދަހި ކުރުމަށާއި، އެ ފަދަ އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދާ ޙަރަކާތްތަކަށް
  3. ކޮރަޕްޝަނުގެ މައްސަލަތަކުގެ ތަޙުޤީޤުގެ މަސައްކަތްތައް ކުރިއެރުވުމަށް އިންވެސްޓިގޭޝަން ދާއިރާއިން ފަންނީ އަދި ޓެކްނިކަލް އެހީތެރިކަން ހޯދުން
  4. މުވައްޒަފުން ތަމްރީނު ކުރުމާއި ތާޒާ ކުރުމުގެ ގޮތުން ތަމްރީން ޕްރޮގްރާމްތަކާއި ވޯކްޝޮޕްތައް ހިންގައި އަދި އެފަދަ ޕްރޮގްރާމްތަކުގައި މުވައްޒަފުން ބައިވެރި ކުރުވުމަށް
  5. އެންޓި-ކޮރަޕްޝަނާ ގުޅޭ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމު ކުރުމުގެ ގޮތުން އިންފްރާސްޓްރަކްޗަރ ވަރުގަދަ ކުރުމާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ގޮތުން ހޯދަން ޖެހޭ އާލާތްތައް ހޯދުމާއި މި ދާއިރާ ކުރިއެވުމަށް ހޯދަން ޖެހޭ ތަކެއްޗާއި ޚިދުމަތް ހޯދުމަށް
  6. މޯލްޑިވްސް ނެޝަނަލް އެންޓި-ކޮރަޕްޝަން އެކެޑަމީ ތަރައްޤީކޮށް ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކަށް