މަރިޔަމް ސާއިމާ's profile photo

މަރިޔަމް ސާއިމާ

ޑިރެކްޓަރ

އަލްފާޟިލާ މަރިޔަމް ސާއިމާ އަކީ ކޮމިޝަންގެ ކޯޕަރޭޓިވް ސަރވިސް ޑިޕާޓްމަންޓުގެ ހެޑް އެވެ. މައިގަނޑު މަސައްކަތުގެ ތެރޭގައި، އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮކިއުމެންޓް، ފައިނޭންސް. އައި.ޓީ އަދި ހިއުމަން ރިސޯސް ސެކްޟަން ހިންގާ ބެލެހެއްޓުން ހިމެނެއެވެ. އަލްފާޟިލާ މަރިޔަމް ސާއިމާ ވަނީ މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ޙާސިލުކުރައްވާފައިވާފައެވެ. އެޑްމިނިސްޓްރޭޝަން އަދި ހިއުމަން ރިސޯސް ދާއިރާގައި 09 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ، މަރިޔަމް ސާއިމާ ކޮމިޝަނާ ގުޅިވަޑައިގެންނެވީ 13 ނޮވެންބަރު 2022 ގައެވެ.

އަޙްމަދު އަމީން's profile photo

އަޙްމަދު އަމީން

އެސިސްޓެންޓް ސުޕްރިންޓެންޑެންޓް

އަލްފާޟިލް އަޙްމަދު އަމީން އަކީ 15 ޖޫން 2021 ން ފެށިގެން މި ކޮމިޝަނުގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓު ހިންގުމުގެ ޒިންމާ އަދާކުރައްވާ ފަރާތެވެ. 2011 ވަނަ އަހަރުން ފެށިގެން ތަޙުޤީޤު ކުރުމުގެ ދާއިރާގައި މަސައްކަތް ކުރައްވަމުން އަންނަ އަޙްމަދު އަމީންއަކީ އެކައުންޓިންގގެ ދާއިރާއިން ޑިގްރީއާއި، އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ލީޑަރޝިޕްގެ ދާއިރާއިން މާސްޓަރސް ޙާޞިލްކުރައްވާފައިވާ ފަރާތެކެވެ. ސުޕްރިންޓެންޑެންޓް އޮފް އިންވެސްޓިގޭޝަންގެ މަޤާމު އަމީނަށް ލިބިވަޑައިގެންނެވީ 15 ޖޫން 2021 ގައެވެ.

މާޖިދު ޙަސަން's profile photo

މާޖިދު ޙަސަން

އެސިސްޓެންޓް ސުޕްރިންޓެންޑެންޓް

އަލްފާޟިލް މާޖިދު ޙަސަން އަކީ 17 ޖުލައި 1995 ން ފެށިގެން މި ކޮމިޝަނުގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. ރަޖިސްޓްރަރއެއްގެ ހައިސިއްޔަތުން ކޮމިޝަނަށް ހުށަހެޅޭ ޝަކުވާ ބަލައިގަނެ ރަޖިސްޓްރީ ކުރުމާއި، ޝަކުވާތައް ވަޒަންކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތަކުގެ މަސްއޫލިއްޔާތު އަދާކުރައްވާނީ މާޖިދުގެ ބެލުމުގެ ދަށުން ރަޖިސްޓްރޭޝަން ޔުނިޓުންނެވެ. އަލްފާޟިލް މާޖިދު ޙަސަންއަކީ ކޮމިޝަނުގެ އެކި މަޤާމުތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރސް ހާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.

ސަބިޔާ ސިރާޖް's profile photo

ސަބިޔާ ސިރާޖް

އެސިސްޓެންޓް ކައުންސެލް ޖެނެރަލް

ފާތިމަތު އިބްނާ's profile photo

ފާތިމަތު އިބްނާ

ޑިރެކްޓަރ އޮފް ޕްރިވެންޝަން

އަލްފާޟިލާ ފާޠިމަތު އިބްނާ އަކީ 15 ފެބްރުއަރީ 2015 ން ފެށިގެން މިކޮމިޝަނުގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. އިބްނާއަކީ ޔުނިޓް ހެޑްގެ ހައިސިއްޔަތުން ކޮމިޝަންގެ ރިސަރޗް ޔުނިޓް ހިންގާ ބެލެހެއޓުމުގެ ޒިންމާ އަދާކުރައްވާ ފަރާތެވެ. މައިގަނޑު މަސައްކަތުގެ ތެރޭގައި، ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމުގެ އެންމެހައި ކަންތައްތަކާއި ކޮރަޕްޝަން ވިޔަނުދިނުމުގެ ހަރުދަނާ ނިޒާމެއް ޤާއިމު ކުރުމަށް ހަދަންޖެހޭ ރިސްކް އެސެސްމަންޓްތައް ހެދުމާއި އޭގެ މައްޗަށް ބިނާކޮށް ލަފާދިނުމާއި އެކަންކަން ތަންފީޒުކުރެވޭ މިންވަރު ބެލުންވެސް ހިމެނެއެވެ. އަލްފާޟިލާ ފާޠިމަތު އިބްނާއަކީ ޓީޗިންގ އިންގްލިޝް އޭސް އަ ސެކަންޑު ލެންގުއޭޖުގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވާ ބޭކަނބަލެކެވެ.