ޤާބިލު މުވައްޒަފުން ވަޒީފާއަށް ނެރުމާއި، އެކި ދާއިރާތަކުން މީހުން ބިނާކުރުމުގެ އިތުރުން، މަސައްކަތުގެ މާޙައުލަކީ މުވައްޒަފުންނަށް ހިތްހަމަޖެހުމާއެކު ދެމިތިބެވޭނެ ތަނަކަށް ހެދުމަށް މި ދާއިރާގައި އިސްކަންދެވިފައިވެއެވެ. މީގެއިތުރުން، ކޮމިޝަނުގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރުމުގެ ސަގާފަތެއް ބިނާކުރުމަށްޓަކައި އެކުލަވާލެވިފައިވާ މުހިންމު ރޭވުންތައްވެސް ބަޔާންކޮށްފައިވާނެއެވެ.
މަޤްޞަދު 1.1: އިންޓެލިޖެންސް އަދި ލިޔެކިޔުންތައް ހިއްސާކުރާ ނެޓްވޯކްއެއް ޤާއިމްކުރުމަށް މަސްލަހަތުވެރިންނާއިއެކު މަސައްކަތްކުރުން.
މަޤްޞަދު 1.2: މުވައްޒަފުން ރަސްމީކޮށް ޝަކުވާ ހުށަހެޅުމަށް ހިތްވަރުދީ، އެކަމަށް އެކަށީގެންވާ ފިޔަވަޅު އެޅޭނެ ގޮތަށް ގްރީވަންސް ޕޮލިސީ މުރާޖަޢާކުރުން.
މަޤްޞަދު 1.3: މުވައްޒަފުންގެ ހިތްހަމަޖެހުން ހުރި މިންވަރު ބެލުމަށް ސާވޭތައްކޮށް، އޭގެ ނަތީޖާއަށް ބިނާކޮށް ހުށަހަޅާ ކަންކަން ތަންފީޒުކުރުން.
މަޤްޞަދު 1.4: ޤައުމީ އަދި ބައިނަލްއަޤުވާމީ ފަރާތްތަކާ ގުޅިގެން މޯލްޑިވްސް އެންޓި-ކޮރަޕްޝަން ޓްރަސްޓް ފަންޑުގެ ބޭނުން ކުރަން ފެށުމާއި އެ ފަންޑު ފުޅާކުރުން.
މަޤްޞަދު 1.5: ިޒިކަލް ސެކިއުރިޓީއާއި ޑޭޓާ ރައްކާކުރާނެ ނިޒާމުތައް ރަނގަޅު ފެންވަރެއްގައި ހުރި، އެކަމަށް ޚާއްޞަކޮށް ބިނާކޮށްފައިވާ ނުވަތަ އެކަށީގެންވާ ސަރުކާރުގެ އިމާރާތްތައް ހޯދުމަށް ކަމާގުޅުންހުރި އިދާރާތަކާއިއެކު މަސައްކަތްކުރުން.
މަޤްޞަދު 1.6: ޕްރޮގްރާމްތައް ފަރުމާކުރުމާއި، ތަންފީޛުކުރުމާއި އަދި މުއައްސަސާގެ އުސޫލުތައް ހަރުދަނާކުރުމަށްޓަކައި، ބައިނަލްއަޤުވާމީ އެހީތެރިކަމާއި ފަންނީ ތަޖުރިބާކާރުންގެ ބައިވެރިވުން އިތުރުކުރުން.
މަޤްޞަދު 1.7: އިންޓެލިޖެންސް އަދި ލިޔެކިޔުންތައް ހިއްސާކުރާ ނެޓްވޯކްތަކުގައި އޭ.ސީ.ސީ ބައިވެރިކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތްކުރުން.
މަޤްޞަދު 1.8: ކޮމިޝަނުގެ މަސައްކަތުގެ ހިންގުން ހަރުދަނާކޮށް އެފިޝިއެންސީ އިތުރުކުރުމަށް، ނިންމުންތައް ނިންމާނެ އެންމެ އެކަށީގެންވާ އޮނިގަނޑެއް އެކުލަވާލުން.
މަޤްޞަދު 1.9: ޤާބިލުކަމަށް ބިނާކޮށް މުވައްޒަފުން ނެގުމުގެ އެސެސްމަންޓްތައް އެކުލަވާލައި، ކޮމިޝަނުގެ މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް މަސައްކަތްކުރުން.
މަޤްޞަދު 1.10: ކޮމިޝަނުގެ އިދާރީ އޮނިގަނޑުގެ އިސްފަންތީގެ މަޤާމުތަކުގެ މުވައްޒަފުންނަށް ވާދަވެރި މުސާރައިގެ އޮނިގަނޑެއް އެކުލަވާލުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން.
މަޤްޞަދު 1.11: ކޮމިޝަނުގެ އިދާރީ އޮނިގަނޑުގެ އިސްފަންތީގެ މަޤާމުތަކުގެ މުވައްޒަފުންނަށް ވާދަވެރި މުސާރައިގެ އޮނިގަނޑެއް އެކުލަވާލުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން
މަޤްޞަދު 1.12: ކޮރަޕްޝަންގެ ޓްރެންޑްތަކަށް ރިއާޔަތްކޮށް، ކޮމަން ކޮމްޕީޓެންސީ ފުރޭމްވޯރކާއި އެއްގޮތަށް ހުރިހާ ޑިޕާޓްމަންޓްތަކަށް ސިސްޓަމިކް ތަމްރީނު ޕްރޮގްރާމްތައް ހަރުދަނާކޮށް ގެންދިއުން.
މަޤްޞަދު 1.13: ހުރިހާ މުވައްޒަފުންނަށް ލާޒިމް ފަންނީ ހުނަރުތަކާއި އިލްމު ފޯރުކޮށްދިނުން.
މަޤްޞަދު 1.14: ފިޔަވަހިތަކަކަށް ބަހާލައިގެން ފުރިހަމަ ޑިޖިޓަލް ޕްލެޓްފޯމެއް ބިނާކުރުމާއި، ޑިޖިޓަލް ކަންކަމަށް އިސްކަންދޭ ވިސްނުމެއް އުފެއްދުމަށް ބޭނުންވާ ތަމްރީނު ދިނުން.