އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) އިން ލާޒިމްކުރާ ކޮރަޕްޝަންގެ ޝަކުވާތައް ބަލައިގަތުމާއި މައްސަލަތައް ތަޙްޤީޤުކުރުމަކީ ކޮމިޝަނަށް ޤާނޫނީގޮތުން މަތިކޮށްފައިވާ ޒިންމާއެކެވެ. އެގޮތުން ދިވެހިރާއްޖެ ޤާނޫނުލް ޢުޤޫބާތުގައި ކަނޑައަޅާފައިވާ ކޮރަޕްޝަނުގެ ކުށްތަކާއި އަދި އިންތިޚާބާ ބެހޭ ޢާންމު ޤާނޫނުގެ 74 ވަނަ މާއްދާގައި ބަޔާންކުރާ އިންތިޚާބީ ކޮރަޕްޝަން ތަޙުޤީޤު ކުރުމުގެ މަސްއޫލިއްޔާތު އަދާކުރާނީ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުންނެވެ. މިއިން ކުށެއް އެންޓި-ކޮރަޕްޝަން ކޮމިޝަން ޤާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކުރާ ކޮމިޝަނުގެ ބާރު ހިނގާ ދާއިރާ ތަކުގައި ހިންގާކަން، ކޮމިޝަނުގެ ސަމާލުކަމަށް އަތުވެއްޖެ ނަމަ،އެ މައްސަލައެއް ބެލުމުގެ ކަންކަން ކުރިޔަށް ގެންދާނީ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުންނެވެ.

ކޮރަޕްޝަނަށް ތުހުމަތުކޮށް ކޮމިޝަނަށް ޝަކުވާއެއް ހުށަހެޅުމުން،ޝަކުވާ ރަޖިސްޓަރ ކުރުމަށްފަހު،ޝަކުވާއާއި ގުޅޭ ކަންތައްތައް އިތުރަށް ހޯދުމަށްޓަކައި އިވަލުއޭޓްކުރެވެއެވެ. ކޮމިޝަނުގެ މެމްބަރުންނަށް ޝަކުވާގެ އިވަލުއޭޝަން ހުށަހެޅުމުން، ހޯދުންތަކުގެ މައްޗަށް ބަލައި ޝަކުވާ ތަޙްޤީޤު ކުރުމާ ނުވަތަ ނުކުރުމާއިމެދު މެމްބަރުން ގޮތެއް ނިންމަވައެވެ. ޝަކުވާ ތަޙްޤީނުކުރުމަށް ނިންމަނީ އެ ޝަކުވާގައި ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ޢަމަލެއް ހިންގާފައިނުވާނަމައެވެ. ޝަކުވާ ތަޙްޤީޤގުކުރުމަށް ނިންމައިފި ނަމަ، ޝަކުވާއަށް ތަޙްޤީޤް ނަންބަރެއް ދެވި މައްސަލަ ތަޙްޤީޤު ކުރުމަށް އިންވެސްޓިގޭޝަން ޔުނިޓްތަކާއި ހަވާލުކުރެވެއެވެ. ތަޙްޤީޤު ޓިމްތަކުން ހޯދަން ޖެހޭ ލިއެކިއުންތައް ހޯދާ ދިރާސާކޮށް، ހެކި ހޯދާ، މީހުން ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށް، ބަޔާން ނަގައެވެ. ތަޙްޤީޤގު ނިމުމުން، ލިބިފައިވާ މަޢުލޫމާތާއި ހެކީމައްޗަށް ބިނާކޮށް ތަޙްޤީޤު ރިޕޯޓެއް ތައްޔާރު ކުރެއެވެ. މި ރިޕޯޓް ކޮމިޝަނުގެ މެމްބަރުންނަށް ހުށަހެޅުމުން، މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިންވާ މައްސަލައެއްކަމަށް ނުވަތަ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންނުވާ މައްސައެއްކަމަށް، މެމްބަރުން ކަނޑައަޅުއްވައެވެ. މައްސަލައިގައި ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާނަމަ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވެއެވެ.