ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ ބަޔާންކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ހޭލުންތެރިކުރުމަކީ ކޮމިޝަންގެ މައިގަނޑު އެއް ސްޓްރެޓެޖީ ކަމުގައި ވަނީ ކަނޑައަޅާފައެވެ. އެޑިއުކޭޝަން ޔުނިޓްގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަން ނައްތާލުމަށްޓަކައި ހިންގަންޖެހޭ ހޭލުންތެރިކުރުމުގެ ޙަރަކާތްތައް ރާވާ އިންތިޒާމްކޮށް ހިންގުމާއި ދިވެހި ރައްޔިތުންނަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ، ހޭލުންތެރި ބަޔަކަށް ހެދުމަށް އެކި ވަޞީލަތްތައް ބޭނުންކޮށްގެން ޙަރަކާތްތައް ރާވާ ހިންގުމާއި ބައިނަލްއަޤުވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ތަފާތު ޙަރަކާތްތައް ފުޅާދާއިރާއެއްގައި ހިންގުމާއި މީޑިއާ މެދުވެރިކޮށް ކޮރަޕްޝަނާ ދެކޮޅަށް ޢާއްމުން ހޭލުންތެރި ކުރުމަށް ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ.

ފަހުގެ ޚަބަރު