އިދާރީ އޮނިގަނޑުގައިވާ ކޮންމެ ޑިޕާޓްމަންޓެއް ހިންގާނީ އެ ޑިޕާޓްމަންޓަށް ކަނޑައަޅާ ވަކި އިސްވެރިއެއްގެ ބެލުމުގެ ދަށުންނެވެ. ޑިޕާޓްމަންޓްގެ ދަށުން އުފެދިފައިވާ ޔުނިޓްތައް ޖުމްލަގޮތެއްގައި ސުޕަރވައިޒްކޮށް ބަލަހައްޓާނީ ޑިޕާޓްމަންޓްގެ އިސްވެރިންނެވެ. އެހެންކަމުން އެ ޔުނިޓްތަކުގެ ވެރިން ރިޕޯޓްކުރާނީ ޑިޕާޓްމަންޓްގެ ވެރިންނަށެވެ. ޑިޕާޓްމަންޓްގެ ވެރިންގެ މަޤާމުގެ ގޮތުގައި ހަމަޖައްސަން ކަނޑައަޅާފައިވަނީ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ނުވަތަ ޑިރެކްޓަރ ޖެނެރަލް އެވެ. އަދި ޔުނިޓްތަކުގެ ވެރިންގެ މަޤާމުގެ ގޮތުގައި ކަނޑައަޅާފައިވަނީ އެސިސްޓެންޓް ޑިރެކްޓަރ، ޑެޕިއުޓީ ޑިރެކްޓަރ ނުވަތަ ޑިރެކްޓަރ އެވެ. މި މަޤާމުތައް އުފެދޭނީ މިނިސްޓްރީ އޮފް ފިނޭންސްއިން އެކަމަށް ހުއްދަ ލިބުމުންނެވެ.

ކޮމިޝަންގެ އެންމެ އިސްވެރިޔެއްގެ ގޮތުން ކޮމިޝަން ހިންގާނީ ކޮމިޝަނުގެ ރައީސެވެ. އަދި ރައީސް ނެތިއްޖެ ޙާލަތެއްގައި ނާއިބުރައީސެވެ. ރައީސްއާއި، ނާއިބުރައީސް ނެތިއްޖެ ޙާލަތެއްގައި އިސްވެ ހިންގާނީ ކޮމިޝަނުގެ މެމްބަރުންގެ ތެރެއިން ހިންގުން ހަވާލުކުރެވޭ މެމްބަރެކެވެ. ކޮމިޝަން އިދާރީގޮތުން ހިންގާނީ ސެކްރެޓަރީ ޖެނެރަލްގެ ބެލުމުގެ ދަށުންނެވެ. ކޮމިޝަނުގެ މަސައްކަތްތައް ރާވާ ހިންގުމަށް އެކުލަވާލެވިފައިވާ އިދާރީ އޮނިގަނޑު ތިރީގައި މިވަނީއެވެ.

organization structure

ކޯޕަރޭޓިވް ސަރވިސަސް

މި ޑިޕާޓްމަންޓްގެ މައިގަނޑު ދައުރަކީ ކޮމިޝަންގެ ޤާނޫނީ ޒިންމާ އަދާކުރުމަށާއި ހިންގުމަށް ބޭނުންވާ އިދާރީ އެހީތެރިކަން ދިނުމާއި މުވައްޒަފުންނަށް ރަނގަޅު މަސައްކަތުގެ މާޙައުލެއް ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމެވެ. މި ޑިޕާޓްމަންޓް އެކުލެވިގެންވަނީ 5 ޔުނިޓެއްގެ މައްޗަށެވެ. މި 5 ޔުނިޓް ހިންގާ ބަލަހައްޓާނީ ސެކްރެޓަރީ ޖެނެރަލްގެ އިރުޝާދުގެ ދަށުން ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލްއެވެ.

ހިއުމަން ރިސޯސް ސެކްޝަން

ކޮމިޝަނުގެ ވަޒީފާތަކަށް މީހުން ހަމަޖެއްސުމާއި ވަކިކުރުމާއި މުވައްޒަފުންގެ މުސާރައާއި އުޖޫރަ ދިނުމަށްޓަކައި ތައްޔާރު ކުރަންޖެހޭ އެންމެހާ ރެކޯޑުތައް ތައްޔާރުކޮށް މުސާރަ ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ މި ސެކްޝަނުގެ މައިގަނޑު ޒިންމާއެވެ. މީގެ އިތުރުން މުވައްޒަފުންނަށް ތަންފީޒުކުރެވޭ ގަވާއިދާއި އުސޫލުތައް ތަންފީޒުކުރުމާއި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމުގެގޮތުން ގެންނަންޖެހޭ ބަދަލުތަށް ގެނައުމަށް މަސައްކަތްކުރުމާއި މުވައްޒަފުންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތައް ދެނެގަނެ ހިންގުން ހިމެނެއެވެ.

އެޑްމިން އެންޑް ޕްރޮކިއުމަންޓް

މި ޔުނިޓްގެ މައގަނޑު މަސައްކަތަކީ ކޮމިޝަނުގައި އިދާރީގޮތުން ކުރަންޖެހޭ ހުރިހާކަމެއްގެ އިސްދައުރެއް އަދާކުރުމާއި، ކޮމިޝަނުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ތަންފީޒުކުރުމުގެ ގޮތުން އިދާރީގޮތުން ބަލަހައްޓަންޖެހޭ ކަންކަން ބެލެހެއްޓުމާއި ކޮމިޝަނަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތް ހޯދުމުގެ މަސައްކަތް ކުރުމާއި އޮފީސް ހުޅުވާ ލެއްޕުމާއި އޮފީސް ބެލެހެއްޓުމުގެގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމެވެ. އަދި ކޮމިޝަނުގެ ވެހިކަލްތައް ބަލަހައްޓާ މުވައްޒަފުންނަށް ޚިދުމަތްދިނުމެވެ.

އެކައުންޓްސް އެންޑް ފައިނޭންސް

ކޮމިޝަނުގެ ބަޖެޓާއި މާލީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަދާކުރަނީ މި ޔުނިޓުންނެވެ. މިގޮތުން އަހަރީ ބަޖެޓް ތައްޔާރުކުރުމާއި ބަޖެޓު ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި ކޮމިޝަނުގެ ހަރުމުދާ ބެލެހެއްޓުމުގެގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން ހިމެނެއެވެ.

މީޑިއާ

މި ޔުނިޓްގެ މައިގަނޑު މަސައްކަތަކީ ކޮމިޝަނުން ކޮރަޕްޝަނާއި ދެކޮޅަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމްތަކުގައި ބޭނުންކުރާނެ މެޓީރިއަލްސް ޑިޒައިން ކޮންސެޕްޓް އެކުލަވާލައި އުފެއްދުމާއި މީޑިއާއަށް މަޢުލޫމާތު ދިނުމުގެ ގޮތުން ތައްޔާރުކުރަންޖެހޭ ޚަބަރު، ޕްރެސް ބްރީފިންގފަދަ ލިޔެކިޔުން ތައްޔާރުކޮށް މަޢުލޫމާތު ފޯރުކޮށްދިނުމާއި ބެލެހެއްޓުމުވެ. މީގެ އިތުރުން ވެބްސައިޓްގެ ކޮންޓެންޓް ތައްޔާރުކުރުމާއި ސޯޝަލް މީޑިއާ ބެލެހެއްޓުމާއި އެހެން ޔުނިޓްތަކުން ބޭނުންވާ ގްރެފިކްސް އާއި ވީޑިއޯ ތައްޔާރުކޮށްދިނުމުގައި އެހީތެރިވެދިނުމެވެ. ކޮމިޝަނުން ތައްޔާރުކުރާ ޕަބްލިކޭޝަންތަކާއި އަހަރީ ރިޕޯޓް ކޮމްޕައިލްކުރުމުގެ މަސައްކަތްވެސް ކުރާނީ މި ޔުނިޓުންނެވެ.

އިންވެސްޓިގޭޝަން

މި ޑިޕާޓްމަންޓްގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ ކޮރަޕްޝަނުގެ މައްސަލަތައް ބަލައި ތަޙުޤީޤުކުރުމާއި ކޮމިޝަނުގެ މަސައްކަތްތަކާ ގުޅުންހުރި ޤާނޫނުތަކާއި ޤަވާޢިދުތައް ހިންގައި ބެލެހެއްޓުމެވެ. މި ޑިޕާޓްމަންޓް އެކުލެވިގެންވަނީ 7 ޔުނިޓުގެ މައްޗަށެވެ. މި 7 ޔުނިޓް ހިންގާ ބަލަހައްޓާނީ ކޮމިޝަންގެ މެމްބަރުންގެ އިރުޝާދުގެ ދަށުން ޑިޕާޓްމަންޓްގެ އިސްވެރިންނެވެ. ޑިޕާޓްމަންޓްގެ އިދާރީ ކަންކަން ބަލަހައްޓާ އެހީތެރިވުމަށް އޮޕަރޭޝަނަލް ސަޕޯޓް ފަންކްޝަނެއް އޮންނާނެއެވެ. ތަޙްޤީޤުކުރަން ނިންމާ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތަކާއި އިންވެސްޓިގޭޓަރުންނަށް އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ އޮޕަރޭޝަނަލް ސަޕޯޓް ފަންކްޝަން އިންނެވެ.

ރެޖިސްޓްރޭޝަން

މި ޔުނިޓްގެ މައިގަނޑު މަސައްކަތަކީ ޝަކުވާ ބަލައިގަނެ ރަޖިސްޓްރީ ކުރުމާއި، ޝަކުވާތައް ވަޒަންކުރުމާއި، އެ ޝަކުވާތައް ތަޙްޤީޤުކުރާނެތޯ ނުވަތަ ނުބަލާ ދޫކޮށްލާނީތޯ ކަނޑައެޅުމަށް މެމްބަރުންގެ ބައްދަލުވުމަކަށް ހުށަހެޅުމާއި އަދި މެމްބަރުންގެ ބައްދަލުވުމުން ނިންމާގޮތެއްގެ މަތިން އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ. އަދި ކުށުގެ ރެކޯޑު ސާފުކުރުމަށް ކޮމިޝަނަށް ހުށަހަޅާ ފަރާތްތަކުގެ ކުށުގެ ރެކޯޑް ސާފުކޮށްދިނުމާގުޅޭ އެންމެހާ ކަންކަން ބަލަހައްޓާ ރެކޯޑް ސާފުކޮށްދިނުމުގެ މަސައްކަތް ކުރާނީ މި ޔުނިޓުންނެވެ.މި ޔުނިޓްގެ އިސްވެރިއެއްގެ ގޮތުގައި ހުންނަ ފަރާތުގެ މަޤާމަކީ “ރަޖިސްޓްރަރ” އެވެ. މި މަޤާމުގެ ރޭންކަކީ ޑިޕާޓްމަންޓްގެ ވެރިއެއްގެ ރޭންކްއެވެ.

ޕޯސްޓް އިންވެސްޓިގޭޝަން އެންޑް މޮނިޓަރިންގ

މި ޔުނިޓްގެ މައިގަނޑު މަސައްކަތަކީ ތަޙްޤީޤުކޮށް ނިންމާ މައްސަލަތައް މެމްބަރުންގެ ބައްދަލުވުމަށް ހުށަހެޅުމާއި މެމްބަރުންގެ ބައްދަލުވުމުން ނިންމާގޮތެއްގެ މަތިން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމެވެ. މީގެއިތުރުން، މައްސަލަތަކާ ގުޅިގެން ކޮމިޝަނުގެ ނިންމުންތައް އެކި އިދާރާތަކަށް އެންގުމުން، ކޮމިޝަންގެ ނިންމުމާ އެއްގޮތަށް އެ އިދާރާތަކުން ޢަމަލުކުރަމުން ދޭތޯ ބެލުމާއި ކޮމިޝަނުން ނިންމާ މައްސަލަތަކާ ގުޅިގެން ރިކަވަރ ކުރަންޖެހޭ ފައިސާއާއި ތަކެތި އަނބުރާ ހޯދޭ މިންވަރު ބެލުންވެސް ހިމެނެއެވެ. އަދި ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަން ޖެހޭ މައްސަކަތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައްވެސް ކުރާނީ މި ޔުނިޓުންނެވެ.

އިންވެޓިގޭޝަން ސަޕޯޓް ސަރވިސަސް

އިންވެޓިގޭޝަން ސަޕޯޓް ސަރވިސަސް

އިންވެސްޓިގޭޝަން ސެކްޝަން 1

މި ސެކްޝަނުގެ މައިގަނޑު މަސައްކަތްތަކަކީ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން ތަޙްޤީޤުކުރުމަށް ކޮމިޝަންގެ މެމްބަރުން ނިންމާ މައްސަލަތަށް ތަޙުޤީޤު ކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމެވެ. އަދި މައްސަލައިގެ ތަޙުޤީޤު ރިޕޯޓް އެކުލަވާލައި މެމްބަރުންގެ ބައްދަލުވުމަށް ހުށަހެޅުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި ދަޢުވާކުރަން ފޮނުވަން ޖެހޭނަމަ އެކަން ފުރިހަމަ ކުރުމެވެ.

އިންވެސްޓިގޭޝަން ސެކްޝަން 2

މި ސެކްޝަނުގެ މައިގަނޑު މަސައްކަތްތަކަކީ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން ތަޙްޤީޤުކުރުމަށް ކޮމިޝަންގެ މެމްބަރުން ނިންމާ މައްސަލަތަށް ތަޙުޤީޤު ކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމެވެ. އަދި މައްސަލައިގެ ތަޙުޤީޤު ރިޕޯޓް އެކުލަވާލައި މެމްބަރުންގެ ބައްދަލުވުމަށް ހުށަހެޅުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި ދަޢުވާކުރަން ފޮނުވަން ޖެހޭނަމަ އެކަން ފުރިހަމަ ކުރުމެވެ.

އިންވެސްޓިގޭޝަން ސެކްޝަން 3

މި ސެކްޝަނުގެ މައިގަނޑު މަސައްކަތްތަކަކީ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން ތަޙްޤީޤުކުރުމަށް ކޮމިޝަންގެ މެމްބަރުން ނިންމާ މައްސަލަތަށް ތަޙުޤީޤު ކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމެވެ. އަދި މައްސަލައިގެ ތަޙުޤީޤު ރިޕޯޓް އެކުލަވާލައި މެމްބަރުންގެ ބައްދަލުވުމަށް ހުށަހެޅުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި ދަޢުވާކުރަން ފޮނުވަން ޖެހޭނަމަ އެކަން ފުރިހަމަ ކުރުމެވެ.

ޕްރިވެންޝަން

ކޮރަޕްޝަން ހުއްޓުވުމާއި ނަޒާހަތްތެރިކަމަށް ޢާންމުން ހޭލުންތެރިކުރުމާގުޅޭ މަސައްކަތްތައް ކުރުމާއި ދައުލަތުގެ އިދާރާތަކުގެ ހިންގުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަން ކުރިއަރުވައި، ކޮމިޝަނުން ކުރުމަށް ކަނޑައަޅާ ދިރާސާތައް ކުރުމަކީ މި ޑިޕާޓަމަންޓްގެ މައިގަނޑު މަސްއޫލިއްޔަތެވެ. މި ޑިޕާޓްމަންޓް އެކުލެވިގެންވަނީ 2 ޔުނިޓުގެ މައްޗަށެވެ. މި 2 ޔުނިޓް ހިންގާ ބަލަހައްޓާނީ ކޮމިޝަންގެ މެމްބަރުންގެ އިރުޝާދުގެ ދަށުން ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލްއެވެ.

އެޑިއުކޭޝަން އެންޑް އެޑްވޮކަސީ ސެކްޝަން

އެޑިއުކޭޝަން އެންޑް އެޑްވޮކަސީ ސެކްޝަންގެ މަސައްކަތްތައް އަމާޒުކުރެވިފައިވަނީ ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުމުގެ ގޮތުން ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތް ކުރުމުގެ މައްޗަށެވެ. މިގޮތުން ދިވެހިރައްޔިތުންނަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ، ހޭލުންތެރި ބަޔަކަށް ހެދުމަށް މަސައްކަތްކުރުމާއި ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހާއި ރާއްޖޭގައި ފާހަގަ ކުރާ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަ ކުރުމަށް ތަފާތު ޙަރަކާތްތައް ހިންގުން ހިމެނެއެވެ.

ރިސަރޗް ސެކްޝަން

ކޮރަޕްޝަން ހިރާސްކުރުމަށް ހަދަންޖެހޭ ދިރާސާތައް ހަދާ ޢާއްމުކުރުމާއި އެދިރާސާތަކުން ފާހަގަކުރެވޭ ކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި ނަޒާހަތްތެރިކަމުގެ ޤައުމީ ޕްލޭން އެކުލަވާލައި، މުރާޖަޢާކުރުމާއި ޕްލޭން ހިންގުމަށް ބޭނުންވާ އުޞޫލުތައް އެކުލަވާލައި ތަންފީޒުކުރުމަކީ މިސެކްޝަނުގެ މައިގަނޑު މަސައްކަތެވެ. މީގެ އިތުރުން ދައުލަތާއި އަމިއްލަ ފަރާތްތަކުން ކޮރަޕްޝަނާ ދެކޮޅަށް ބާއްވާ ބައްދަލުވުންތަކުގައި ކޮމިޝަންގެ ފަރާތުން ހުށަހަޅަންޖެހޭ ކަރުދާސްތައް ތައްޔާރުކޮށް ހުށަހެޅުމާއި ބައިނަލްއަޤުވާމީ އިދާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ކޮރަޕްޝަނާ ބެހޭގޮތުން ތައްޔާރުކޮށް ޢާންމުކޮށް ޝާއިޢުކުރާ ދިރާސާ ރިޕޯޓުތަކާގުޅިގެން އޭސީސީން އަޅަންޖެހޭ ފިޔަވަޅުތައް މެމްބަރުންގެ މަޝްވަރާގެމަތިން ތަންފީޒު ކުރުން ހިމެނެއެވެ.

މެންބަރުންގެ ބިއުރޯ

މެންބަރުންގެ ބިއުރޯއަކީ ކޮމިޝަންގެ ރައީސްގެ ސީދާ ބެއްލެވުމުގެ ދަށުން ހިނގާ ޔުނިޓެކެވެ. މެންބަރުންގެ ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ ކޮމިޝަނުގެ މެންބަރުންނަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން މެންބަރުންގެ އިދާރީ ބައްދަލުވުންތަކުގެ ސެކްރެޓޭރިއޭޓް ބެލެހެއްޓުމެވެ. މީގެ އިތުރުން ކޮމިޝަނުގެ ޕޮލިސީ ލެވެލް ގެ ނިންމުންތަކާއި ސްޓްރެޓީޖިކް ނިންމުންތަކުގެ މުޢާމަލާތްތައް ކުރުމާއި ކޮމިޝަންގެ ފޮރިން ރިލޭޝަންސްގެ އެންމެހާ މަސައްކަތްތަކެއް ކުރިޔަށް ގެންދާނީ ބިއުރޯއިންނެވެ. އަދި ކޮމިޝަނުގެ ލަފައަށް އެދި ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގެ ދަށުން ހުށަހެޅޭ އެންމެހާ ހުށަހެޅުންތަކަށް ލަފާދިނުމުގެ ކަންކަން ކުރިޔަށް ގެންދާނީ ބިއުރޯގެ ބެލުމުގެ ދަށުންނެވެ.

ލީގަލް އެންޑް ކޮމްޕްލަޔަންސް

މި ޑިޕާޓްމަންޓްގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ ކޮމިޝަނުގެ ޤާނޫނާއި ގަވާއިދުތަކާ ގުޅިގެން ކޮމިޝަންގެ މަސައްކަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި ޤާނޫނީ ލަފާދިނުމާއި މި ކަންކަމާއިގުޅިގެން ކޮމިޝަންގެ ތަޙުޤީޤުކުރުމުގެ އުޞޫލަށް ގެންނަން ޖެހޭ ބަދަލުތައް ފާހަގަކޮށް ކޮމިޝަނަށް ބޭނުންވާ ގަވާއިދުތައް ހެދުމާއި ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ މަސައްކަތެވެ. މީގެ އިތުރުން ކޮމިޝަނުގެ އެކި ޑިޕާޓްމަންޓް/ ސެކްޝަން/ ޔުނިޓްތަކުން ބޭނުންވާ ޤާނޫނީ ލަފާދިނުމަކީވެސް މި ޑިޕާޓަމަންޓްގެ ޒިންމާއެކެވެ.މި ޑިޕާޓްމަންޓް ހިންގާ ބަލަހައްޓާނީ ކޮމިޝަންގެ މެމްބަރުންގެ އިރުޝާދުގެ ދަށުން ކައުންސެލް ޖެނެރަލް އެވެ.

ރެޖިސްޓްރޭޝަން އެންޑް އިވެލުއޭޝަން

މި ޑިޕާޓްމަންޓްގެ މައިގަނޑު މަސައްކަތަކީ ޝަކުވާ ބަލައިގަނެ ރަޖިސްޓްރީ ކުރުމާއި، ޝަކުވާތައް ވަޒަންކުރުމާއި، އެ ޝަކުވާތައް ތަޙްޤީޤުކުރާނެތޯ ނުވަތަ ނުބަލާ ދޫކޮށްލާނީތޯ ކަނޑައެޅުމަށް މެމްބަރުންގެ ބައްދަލުވުމަކަށް ހުށަހެޅުމާއި އަދި މެމްބަރުންގެ ބައްދަލުވުމުން ނިންމާގޮތެއްގެ މަތިން އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ. އަދި ކުށުގެ ރެކޯޑު ސާފުކުރުމަށް ކޮމިޝަނަށް ހުށަހަޅާ ފަރާތްތަކުގެ ކުށުގެ ރެކޯޑް ސާފުކޮށްދިނުމާގުޅޭ އެންމެހާ ކަންކަން ބަލަހައްޓާ ރެކޯޑް ސާފުކޮށްދިނުމުގެ މަސައްކަތް ކުރާނީ މި ޑިޕާޓްމަންޓުންނެވެ.