...

މާލިއްޔަތު ގަވާއިދަށް އަހުލުވެރި ކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި


މިނިސްޓްރީ އޮފް ޓޫރިޒަމްގެ މުވައްޒަފުން މާލިއްޔަތު ގަވާއިދަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ކޮމިޝަނުގެ ފަރާތުން ކުރިޔަށް ގެންގޮސްފިއެވެ. އޮގަސްޓް މަހުގެ 18 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެ އިދާރާގެ 35 މުވައްޒަފުން ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމްގައި މާލިއްޔަތު ގަވާއިދުގެ ގިނަ ބައިތަކަކާބެހޭގޮތުން މަޢުލޫމާތު ޙިއްޞާ ކުރެވުނެވެ. ޖުމްލަ 02 ގަޑިއިރުގެ މި ތަމްރީނު ޕްރޮގްރާމުގައި މާލިއްޔަތު ގަވާއިދުގެ ޕްރޮކިއުމަންޓް ބަޔާބެހޭ ގޮތުން ވަރަށް ތަފްސީލްކޮށް މަޢުލޫމާތު ދެވުނެވެ.

 މި ޕްރޮގްރާމް ހުށަހަޅާދީފައިވަނީ ކޮމިޝަނުގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.