...

ތ.ވޭމަންޑޫ ސްކޫލްގެ މުދައްރިސުންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

ނަޒާހަތްތެރި ދަރިވަރުން ބިނާ ކުރުމުގެ މަޤްޞަދުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ސްކޫލްތަކުގެ މުދައްރިސުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ‘ނަޒާހަތްތެރި ދަރިވަރުން ބިނާކުރުމުގައި މުދައްރިސުންގެ ދައުރު’ ޕްރޮގްރާމް ތ.ވޭމަންޑޫ ސްކޫލްގައި 2019 ޖުލައި 17 ވީ ބުދަ ދުވަހު ކުރިޔަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމްގައި ނަޒާހަތްތެރިކަމުގެ ސިފަތަކާ ބެހޭގޮތުންނާއި، ކޮރަޕްޝަންގެ ޢަމަލުތަކުގެ ނުބައިކަމާއި، އުނގަންނައިދިނުމުގައި ނަޒާހަތްތެރިވުމާ ބެހޭ ގޮތުންނާއި، ނަޒާހަތްތެރި ދަރިވަރުން ބިނާ ކުރުމުގައި މުދައްރިސުންނާއި ސްކޫލްގެ ދައުރާބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެވުނެވެ. ޖުމްލަ 34 މުދައްރިސުން ބައިވެރިންނަށް ކުރިޔަށްގެންދެވުނު މި ޕްރޮގްރާމް ހުށަހަޅުއްވާދެއްވީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.

މި ޙަރަކާތަކީ އޭސީސީއާ ގުޅިގެން، ކޮރަޕްޝަނާދެކޮޅަށް އަދި ނަޒާހަތްތެރިކަން އިތުރު ކުރުމަށް ސްކޫލުތަކާއި ކައުންސިލްތަކާއި ރަށްރަށުގައި ޤާއިމްކޮށްފައިވާ ދައުލަތުގެ އެހެން އިދާރާތަކަށް ހުޅުވާލި ފުރުޞަތުގައި ތ.އަތޮޅު ކައުންސިލްގެ އިސްނެގުމުގެ މަތިން އޭސީސީން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.