...

ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

ކުދިންގެ ކިބައިގައި ނަޒާހަތްތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ‘ކުދިންގެ ކިބައިގައި ނަޒާހަތްތެރިކަން އިތުރުކުރުމުގައި ބެލެނިވެރިންގެ ދައުރު’ މި ޕްރޮގްރާމް ތ.އަތޮޅު ތަޢުލީމީ މަރުކަޒުގައި 16 ޖުލައި 2019 ވީ އަންގާރަ ދުވަހު ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމްގައި ނަޒާހަތްތެރިކަމުގެ ސިފަތަކާ ބެހޭގޮތުންނާއި، ކޮރަޕްޝަންގެ ޢަމަލުތަކުގެ ނުބައިކަމާއި، ދަރިންގެ ކިބައިގައި ނަޒާހަތްތެރިކަން އިތުރު ކުރުމުގައި ބެލެނިވެރިންގެ ދައުރު އަދާކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތަކާ ބެހޭގޮތުން މަޢުލޫމާތު ދެވުނެވެ.

މި ޕްރޮގްރާމުގެ ސެޝަންތަކުގައި ޖުމްލަ 44 ބެލެނިވެރިން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމް ހުށަހަޅުއްވާދެއްވީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.

މި ޙަރަކާތަކީ އޭސީސީއާ ގުޅިގެން، ކޮރަޕްޝަނާދެކޮޅަށް އަދި ނަޒާހަތްތެރިކަން އިތުރު ކުރުމަށް ސްކޫލުތަކާއި ކައުންސިލްތަކާއި ރަށްރަށުގައި ޤާއިމްކޮށްފައިވާ ދައުލަތުގެ އެހެން އިދާރާތަކަށް ހުޅުވާލި ފުރުޞަތުގައި ތ.އަތޮޅު ކައުންސިލްގެ އިސްނެގުމުގެ މަތިން އޭސީސީން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.