...

ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މުވައްޒަފުންނަށް ޕްރޮކިއުމެންޓް ޓްރެއިނިންގ ސެޝަނެއް ނަގައިދީފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ)ގެ 20 މުވައްޒަފަކަށް، ޕްރޮކިއުމެންޓް ޓްރެއިނިންގެ ދެވަނަ ސެޝަނެއް ނަގައި ދީފިއެވެ. ޖޭ.އެސް.ސީގެ ޓްރެއިނިންގެ ހޯލްގައި ކުރިއަށްދިޔަ މިސެޝަނުގައި ޕްރޮކިއުމެންޓްގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކުރެވިފައިހުންނަ ކަންތައްތަކާއި އެކަންތައްތަކުގެ ހައްލާ ބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން، ދައުލަތުގެ މާލިއްޔަތު ގަވައިދުގެ ތެރެއިން ޚަރަދުކުރުމާއި ހިސާބު ބެލެހެއްޓުން އަދި ޕްރޮކިއުމެންޓްގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. 28 މާރިޗް 2022 ގައި 2 ގަޑިއިރާއި 30 މިނިޓަށް ކުރިއަށް ގެންދިޔަ މި ސެޝަން ނަންގަވައިދެއްވީ އޭ.ސީ.ސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.