...

ޑައިރެކްޓާސް ޓްރެއިނިންގ ޕްރޮގުރާމުގައި އެންޓި-ކޮރަޕްޝަން އަދި ޕްރޮކިއުމަންޓާއި ބެހޭ ސެޝަނެއް ނަގައިދީފި

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) ގެ ފަރާތުން ކުރިއަށް ގެންދާ ޑައިރެކްޓާސް ޓްރެއިނިންގ ޕްރޮގްރާމުގައި އޭ.ސީ.ސީގެ ފަރާތުން ސެޝަނެއް ނަގައި ދީފިއެވެ. 2 ގަޑިއިރާއި 30 މިނިޓްގެ މި ސެޝަންގައި ނަޒާހަތްތެރިކަން ކުރިއެރުވުމަށާއި ކޮރަޕްޝަނުގެ ގެއްލުމާއި ނުބައިކަމުގެ މައްޗަށް އަލި އަޅުވައިލައި، ޕްރޮކިއުމެންޓްގެ މަސައްކަތްތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކުރެވޭ ކަންތައްތަކާއި އެކަންތައްތަކުގެ ހައްލާ ބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެވުނެވެ. 14 ސެޕްޓެމްބަރ 2021 ވީ ހޯމަ ދުވަހު ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ބޭއްވި މި ޓްރެއިނިންގ ޕްރޮގްރާމުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުންނާއި އަމިއްލަ ބައެއް ކުންފުނިތަކުގެ ބޯޑް ޑައިރެކްޓަރުން ނުވަތަ އިސްމަޤާމުތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ 22 ބޭފުޅަކު ވަނީ ބައިވެރިވެފައެވެ.