...

އޭސީސީގެ ނިއުސްލެޓަރ ތަޢާރަފްކޮށް ފުރަތަމަ އަދަދު ޢާއްމުކޮށްފި

"އެންޓި-ކޮރަޕްޝަން ނިއުސްލެޓަރ" ގެ ނަމުގައި ނިއުސްލެޓަރ އެއް ތަޢާރަފްކޮށް، މިއަހަރުގެ ފުރަތަމަ ޢަދަދު ޢާއްމުކޮށްފިއެވެ. މިއީ ކޮމިޝަނުގެ ކާމިޔާބީ ތަކާއި އުސްއަލިތައް އާންމުންނަށާއި ބައިނަލްއަޤުވާމީ ކަމާގުޅޭ އިދާރާތަކަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކޮންމެ ކުއާޓަރއަކު އެއްފަހު ނެރޭ ނިއުސްލެޓަރއެކެވެ. އެގޮތުން މި ނިއުސް ލެޓަރގައި ހިމެނިފައި ވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރ ގައި ކޮމިޝަނުން ކުރިއަށް ގެންދިޔަ މަސައްކަތުގެ މަޢުލޫމާތެވެ.

މި ނިއުސްލެޓަރގައި ފުރަތަމަ ކުއާޓަރގައި ކޮމިޝަނުން ތަޙްޤީޤްކޮށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާ މައްސަލަތަކުގެ ޚުލާސާގެ އިތުރުން، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާތުހިސާބުތަކާއި، ހޭލުންތެރިކުރުވުމާއި ކޮރަޕްޝަން ވިޔަ ނުދިނުމަށް އެ ކުއާޓަރެއްގައި ހިންގައިފައިވާ ޙަރަކާތްތަކުގެ މަޢުލޫމާތު ހިމެނޭނެއެވެ. މީގެ އިތުރުން މިކޮމިޝަނުގައި މަސައްކަތް ކުރައްވާ ފާހަގަކޮށްލެވޭ ފަރާތްތަކުގެ ޚިދުމަތްތަކުގެ މަޢުލޫމާތު ހިމެނޭނެ އެވެ.

ނިއުސްލެޓަރ އާންމުކޮށްފައިވަނީ، އޭސީސީގެ އައު ވެބްސައިޓު އިފްތިތާޙުކުރުމަށާއި، މުވައްޒަފުންގެ އަގުވަޒަންކުރުމަށްޓަކައި 02 ސެޕްޓެންބަރު ވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޚާއްޞަ ޙަފްލާގައި، އޭސީސީގެ މެމްބަރު އަލްފާޟިލް ޢަލީ އަޝްރަފްއެވެ.