...

މަޝްރޫޢުތަކުގައި ގެއްލުމުގެ ބަދަލުދިނުމުގެ ނިޒާމުގެ ނަޒާހަތްތެރިކަން ހަރުދަނާކުރުމާގުޅޭ ހުދުކަރުދާހެއް އޭސީސީއިން އާންމުކޮށްފި

ދައުލަތުގެ މަޝްރޫޢުތަކުގައި ގެއްލުމުގެ ބަދަލުދިނުމުގެ ނިޒާމުގެ ނަޒާހަތްތެރިކަން ހަރުދަނާ ކުރުމާގުޅޭ ހުދުކަރުދާހެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ)އިން އާންމުކޮށްފިއެވެ.

މި ހުދު ކަރުދާހުގެ މަޤްޞަދަކީ، ދައުލަތުގެ މަޝްރޫޢުތަކާއި މަސައްކަތްތައް ކުރުމަށް ހަވާލުކުރެވޭ ފަރާތްތަކާއެކު ހެދޭ އެއްބަސްވުންތައް އެކި ސަބަބުތަކާހެދި، ބާޠިލުކުރެވޭ ހާލަތްތަކުގައި، ދައުލަތުން ބަދަލު ދިނުމާ ގުޅޭ ކަންކަމުގައި މިހާރު ޢަމަލުކުރާގޮތް ދެނެގަނެ، ބަދަލު ދިނުމުގެ މަރުޙަލާގައި ނަޒާހަތްތެރިކަން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައިކަން ހޯދުމެވެ. އަދި ކޮރަޕްޝަންގެ ހިރާސް ކުޑަކުރެވޭނެހެން ކަންކަން ބައްޓަންކުރުމަށް އެޅޭނެ ފިޔަވަޅުތަކާ ގުޅޭގޮތުން ލަފާދިނުމާއި ކޮމިޝަނުން ދެކޭ ގޮތް ހާމަކުރުމެވެ.

ހުދުކަރުދާސް ނެރެދެއްވާފައިވަނީ، އޭސީސީގެ އައު ވެބްސައިޓު އިފްތިތާޙުކުރުމަށާއި، މުވައްޒަފުންގެ އަގުވަޒަންކުރުމަށްޓަކައި 02 ސެޕްޓެންބަރު ވީ ބުރާސްފަތި ދުވަހުގެ ރޭގައި ބޭއްވި ޚާއްޞަ ޙަފްލާއެއްގައެވެ. މި ޙަފްލާގައި، އޭސީސީގެ ނައިބުރައީސް އަލްއުސްތާޛާ ފާޠިމަތު އަނޫލާއެވެ.

ހުދުކަރުދާސް "ދައުލަތުގެ މަޝްރޫޢުތަކުގައި ގެއްލުމުގެ ބަދަލުދިނުމުގެ ނިޒާމުގެ ނަޒާހަތްތެރިކަން" ޢާންމުކުރުމަށްފަހު، މި ކަރުދާހުގައި ފާހަގަކޮށްފައިވާ މައްސަލަތަކާއި، ހުށަހަޅާ ލަފާތަކާ ގުޅޭގޮތުން ވީޑިއޯ ޕްރެޒެންޓޭޝަނެއް ދެއްކުނެވެ. ކޮމިޝަނުގެ ވެބްސައިޓްގައި މި ހުދު ކަރުދާސް ވަނީ ޝާއިޢު ކުރެވިފައެވެ.