...

އޭސީސީގެ ފަރާތުން ސިވިލް ސަރވިސް އިންޑަކްޝަން ޕްރޮގްރާމުގެ ބައިވެރިންނަށް ކޮރަޕްޝަން ހުއްޓުވުމާ ގުޅޭގޮތުން މަޢުލޫމާތު ދީފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ގުޅިގެން ސިވިލް ސަރވިސް އިންޑަކްޝަން ޕްރޮގްރާމުގެ ބައިވެރިންނަށް، އެންޓި-ކޮރަޕްޝަން ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ. 18 އޮގަސްޓް 2021 ވީ ބުދަ ދުވަހު ޒޫމް މެދުވެރިކޮށް، ދޮޅުގަޑިއިރަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ނަޒާހަތްތެރިކަމާއި ކޮރަޕްޝަނާ ބެހޭ މަޢޫލޫމާތު ބައިވެރިންނަށް ދެވުނެވެ. 44 މުވައްޒަފުން ބައިވެރިވި މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.