...

އިންތިހާބުތަކާ ގުޅިގެން ހިނގާ ކޮރަޕްޝަންގެ ޢަމަލުތައް މަދުކުރުމަށް، ހޭލުންތެރި ކުރުމުގެ ސެޝަނެއް ނަގައިދީފި.

ލޯކަލް ކައުންސިލް އިންތިހާބު 2021 އާއި ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން ހިންގާ އިލެކްޓޯރަލް އެންޓި ކޮރަޕްޝަން ކެމްޕެއިންގެ ދަށުން  ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަންގެ އިސްވެރިންނަށް ހޭލުންތެރިކުރުވުމުގެ ސެޝަނެއް ނަގައިދީފިއެވެ.

16 މާރިޗު 2021 ވީ އަންގާރަ ދުވަހު ޖުމްލަ 10 ފަރާތަކަށް ކުރިއަށް ގެންގޮސްފައިވާ މި ސެޝަންތަކުގައި އިންތިޚާބުތަކާއި ގުޅިގެން ހިނގައިފާނެ ކޮރަޕްޝަންގެ ޢަމަލުތަކަށް ހޭލުންތެރިކޮށް، މިފަދަ ޢަމަލުތައް މަދުކުރުމާއި ނަޒާހަތްތެރިކަން އިސްކުރުމުގެ މުހިންމުކަމާއި ދައުލަތުގެ މުދާ ކެމްޕެއިންތަކުގައި ބޭނުން ނުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލި އަޅުވައިލައިފައިވެއެވެ. މި ސެޝަންތައް ނަންގަވައިދެއްވީ އޭސީސީގެ ފަންނީ މުވައްޒަފުންނެވެ.