...

ދަޢުލަތުގެ މުދާ ސިޔާސީ ކަންކަމަށް ބޭނުންކުރުން ހުއްޓުވުމަށް ހޭލުންތެރި ކުރުމުގެ ސެޝަންތަކެއް ނަގައި ދީފި

ލޯކަލް ކައުންސިލް އިންތިހާބު 2020 އާއި ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން ހިންގާ "އިލެކްޓޯރަލް އެންޓި-ކޮރަޕްޝަން ކެމްޕެއިން" ގެ ދަށުން ފެނަކަ ކޯޕަރޭޝަން އަދި މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ އިސްވެރިންނަށް ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ނަގައިދީފިއެވެ.

މި ޕްރޮގްރާމުގެ ދަށުން 15 މާރިޗު 2021 ވީ ހޯމަ ދުވަހު ވަކިވަކިން ގެންދިޔަ މި ދެ ސެޝަނުގައި ޖުމްލަ 41 ފަރާތަކުން ބައިވެރިވެފައިވެއެވެ.

މި ސެޝަންތަކުގައި، އިންތިޚާބުތަކާއި ގުޅިގެން ހިންގައިފާނެ ކޮރަޕްޝަންގެ ޢަމަލުތަކަށް ހޭލުންތެރިކޮށް، ދަޢުލަތުގެ މުދާ ސިޔާސީ ބޭނުންތަކަށް ބޭނުން ކުރުން ހުއްޓުވުމަށް ބާރު އަޅައި، ކޮރަޕްޝަނުގެ ސަބަބުން ލިބިގެންދާ ގެއްލުމުގެ މައްޗަށް އަދި ކުންފުނިތަކުން ފާހަގަކުރެވޭ ޕްރޮކިއުމަންޓްއާ ގުޅޭ ބައެއް މައްސަލަތަކާ ބެހޭ ގޮތުން ބައިވެރިންނަށް މަޢުލޫމާތު އެރުވުނެވެ. މި ސެޝަންތައް ނަންގަވައިދެއްވީ އޭސީސީގެ ފަންނީ މުވައްޒަފުންނެވެ.