...

އޭސީސީގެ ފަރާތުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ މުވައްޒަފުންނަށް ކޮރަޕްޝަނާ މެދު ހޭލުންތެރިކުރުވުމުގެ ސެޝަނެއް ނަގައިދީފި


މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ މުވައްޒަފުންނަށް އޭ.ސީ.ސީގެ ފަރާތުން އެންޓި-ކޮރަޕްޝަން ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2020 ސެޕްޓެންބަރު 30 ވީ ބުދަ ދުވަހު ގޫގުލް މީޓް މެދުވެރިކޮށް ވާޗުއަލްކޮށެވެ. 2 ގަޑިއިރަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ނަޒާހަތްތެރިކަމާއި އެންޓި-ކޮރަޕްޝަނާ ބެހޭ މަޢޫލޫމާތު ބައިވެރިންނަށް ދެވުނެވެ. 33 މުވައްޒަފުން ބައިވެރިވި މި ޕްރޮގްރާމު ހުށަހަޅައިދެއްވާފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.