...

ސުޕަވައިޒަރީ ސްކިލްސް ޓްރޭނިންގ ޕްރޮގްރާމެއް ބާއްވައިފި


ކޮމިޝަނުގެ ސެކްޝަން އަދި ޔުނިޓު ހެޑުންނާއި ތަޙުޤީޤުޓީމުތަކުގެ ލީޑަރުންނަށް އަމާޒުކޮށްގެން 05 ގަޑިއިރުގެ ސުޕަވައިޒަރީ ސްކިލްސް ތަމްރީން ޕްރޮގްރާމެއް، 06 ފެބުރުވަރީ 2020 ވީ ބުރާސްފަތި ދުވަހު ބާއްވައިފިއެވެ.

ކޮމިޝަނުގައި ބޭއްވި މި ތަމްރީން ޕްރޮގްރާމުގައި ސުޕަވައިޒްކުރުމުގެ މުހިއްމުކަމާއި، ސުޕަވައިޒަރުންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދި މުވައްޒަފުންނަށް ޒިންމާތައް ޙަވާލުކުރުމާއި މަސައްކަތްކުރިއަށްދާގޮތް މޮނިޓަރކުރާނެގޮތާއި މުވައްޒަފުންގެ ކުރިއެރުން ވަޒަންކުރާނެގޮތުގެ މަޢުލޫމާތު ދެވުނެވެ. މި ތަމްރީނު ޕްރޮގްރާމް ނަންގަވައިދެއްވީ ހެޕީ މާރކެޓް ގްރޫޕް އޮފް ކޮމްޕެނީސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޢަލީ އިޙްސާނެވެ.

މި ތަމްރީން ޕްރޮގްރާމްގައި ކޮމިޝަނުގެ 20 މުވައްޒަފުން ބައިވެރިވިއެވެ.