...

ސިވިލް ސަރވިސް އިންޑަކްޝަން ޕްރޮގްރާމުގެ ބައިވެރިންނަށް އެންޓި-ކޮރަޕްޝަން ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފި

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ، ސިވިލް ސަރވިސް އިންޑަކްޝަން ޕްރޮގްރާމުގެ ބައިވެރިންނަށް އެންޓި-ކޮރަޕްޝަން ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2019 ޑިސެންބަރު 25 ވީ ބުދަ ދުވަހު ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގައެވެ. 2 ގަޑިއިރާއި 30 މިނެޓަށް ކުރިއަށް ގެންދިޔަ މި ސެޝަނުގައި ނަޒާހަތްތެރިކަމާއި ކޮރަޕްޝަނާ ބެހޭ މަޢޫލޫމާތު ބައިވެރިންނަށް ދެވުނެވެ. 56 މުވައްޒަފުން ބައިވެރިވި މި ޕްރޮގްރާމް ނަންގަވައި ދެއްވައިފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.