...

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރިސްކް އެސެސްމަންޓް މިޓިގޭޝަން މެނޭޖްމަންޓް ރިޕޯޓް އާންމު ކޮށްފި

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސް (ޔޫއެންއޯޑީސީ) އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން ކުރިއަށް ގެންދިޔަ، ކޮރަޕްޝަން ރިސްކް އެސެސްމަންޓް އެންޑް މިޓިގޭޝަން މެނޭޖްމަންޓް ޕްލޭނުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރެވުނު ރިޕޯޓް މިއަދު ޢާންމުކޮށްފިއެވެ. މި ރިޕޯޓް ޢާންމުކޮށްފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައި ބޭއްވުނު، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ހިއްސާކުރުމުގެ ބައްދަލުވުމުގައެވެ. މި ރިޕޯޓް ނެރެދެއްވީ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛު ޢަބްދުﷲ ރަޝީދުއެވެ. ރިސްކް އެސެސްމަންޓް މިޓިގޭޝަން ރިޕޯޓް ތައްޔާރުކުރެވިފައިވަނީ ކޮރަޕްޝަންގެ ހިރާސްތައް ދެނެގަނެ، އެކަންކަމުގެ ޙައްލު ހޯދާ، އެ ޙައްލުތައް ތަންފީޒު ކުރުމާ ގުޅޭގޮތުން ބޭއްވުނު 2 ވޯރކްޝޮޕްގެ ގޮތުގައި ކުރިއަށް ގެންދެވުނު މަސައްކަތުގެ މައްޗަށް ބިނާކޮށެވެ. މި ރިޕޯޓު އޭސީސީގެ ވެބްސައިޓުގައިވަނީ ޢާންމު ކޮށްފައެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރިސްކް އެސެސްމަންޓް މިޓިގޭޝަން މެނޭޖްމަންޓް ރިޕޯޓް