...

2019 ވަނަ އަހަރުގެ ފުރަތަމަ އަދި ދެވަނަ ކުއަރޓަރގެ ބިތުފަންގި ބުލެޓިން ނެރެފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތްތައް އާންމުންނާ ހިއްސާކުރުމުގެ މަގްސަދުގައި ނެރެމުންދާ ބިތުފަންގި ތޫރައިގެ ވޮލިއުމް 4 ގެ 1 އަދި 2 ވަނަ އަދަދު ނެރެފިއެވެ. މި އަދަދުތައް ނެރެދެއްވާފައިވަނީ 05 ސެޕްޓެންބަރު 2019 ވަނަ ދުވަހު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރ އަލްފާޟިލް މާޖިދު ހަސަންއެވެ. ތޫރައިގެ މި އަދަދުތަކުގައި ކޮމިޝަނުން ތަޙުޤީޤުކޮށްފައިވާ މުހިއްމު ދެ މައްސަލައެއްގެ ރިޕޯރޓާއި، ކޮރަޕްޝަނާ ގުޅޭ ރިޕޯރޓުތަކާއި، ކޮމިޝަނުގެ ދެ ކުއަރޓަރގެ ތަފާސްހިސާބު އަދި ކޮމިޝަނުން ކޮށްފައިވާ މުހިއްމު މަސައްކަތްތަކާއި އާންމުކޮށްފައިވާ ލިޔުންތަކާއި ބެހޭ މައުލޫމާތު ހިމެނެއެވެ. މީގެ އިތުރުން ކޮމިޝަންގެ ދެ މުވައްޒަފެއްގެ ޕްރޮފައިލްވެސް ހިމެނެއެވެ. މި ތޫރަތައް ކޮމިޝަނުގެ ވެބްސައިޓުގައިވަނީ ޝާއިއުކޮށްފައެވެ.