...

އޭސީސީއިން ސީ.އެމް.ޑީ.އޭ.އާ ގުޅިގެން ތަމްރީނު ޕްރޮގްރާމެއް ހިންގައިފި


ސީ.އެމް.ޑީ.އޭ.ގެ ފަރާތުން ކުރިއަށްގެންދާ ޑިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމުގައި އޭސީސީގެ ފަރާތުން ދައުލަތުގެ މާލިއްޔަތު ގަވާއިދާއި، އެންޓި-ކޮރަޕްޝަންއާ ބެހޭގޮތުންނާއި، ނަޒާހަތްތެރިކަން ކުރިއެރުވުމާ ބެހޭގޮތުން މަޢުލޫމާތު ދީފިއެވެ.

2019 ސެޕްޓެންބަރ 27 ވީ އަންގާރަ ދުވަހު މާގިރި ހޮޓަލްގައި ބޭއްވި މި ޓްރެއިނިންގ ޕްރޮގްރާމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ބައެއް ކުންފުނިތަކާއި އަދި 12 މުއައްސަސާއަކުން ޖުމްލަ 26 ބައިވެރިއަކުވަނީ ޕްރޮގްރާމު ފުރިހަމަކޮށްފައެވެ. 2 ގަޑިއިރާއި 30 މިނެޓަށް ކުރިއަށް ގެންދިޔަ މި ސެޝަން ނަންގަވައިދެއްވާފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.