...

2019 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި 188 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކަމާގުޅުންހުރި އިދާރާތަކަށް އޭ.ސީ.ސީ އިން އަންގައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން ނިންމި މައްސަލަތަކުގެ ތެރެއިން، 2019 ވަނަ އަހަރުގެ ފުރަތަމަ 6މަސްދުވަހުގެ ތެރޭގައި 188 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އެދި ދައުލަތުގެ އެކި އިދާރާތަކަށް އޭ.ސީ.ސީ އިން ވަނީ އަންގާފައެވެ.

އެގޮތުން، މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ޖުމްލަ 188,821,815.04 (ސަތޭކަ އަށްޑިހަ އަށް މިލައަން އަށް ލައްކަ އެކާވީސް ހާސް އަށް ސަތޭކަ ފަނަރަ ރުފިޔާ ހަތަރު ލާރި) ދައުލަތަށް އަނބުރާ ހޯދުމަށް އޭ.ސީ.ސީ އިން އެކި އިދާރާތަކަށް އަންގާފައިވާއިރު، އޭގެތެރެއިން، މިއަހަރުގެ 2ވަނަ ކުއާޓަރުގެ ތެރޭގައި،149,727,621.93  (ސަތޭކަ ސާޅީސް ނުވަ މިލއަން ހަތް ލައްކަ ހަތާވީސް ހާސް ހަ ސަތޭކަ އެކާވީސް ރުފިޔާ ނުވަދިހަ ތިން ލާރި) ދައުލަތަށް އަނބުރާ ހޯދުމަށް ވަނީ އަންގާފައެވެ.

މި ފައިސާއަކީ އޭ.ސީ.ސީން ތަޙްޤީޤްކޮށް ނިންމި 11 މައްސަލައެއްގައި ހިމެނޭ ފައިސާއެވެ. އަދި އޭ.ސީ.ސީ އިން ދަޢުލަތަށް އަނބުރާ ހޯދުމަށް އަންގާފައިވާ ފައިސާގެ ތެރެއިން ޖުމްލަ 7,727.77 (ހަތްހާސް ހަތްސަތޭކަ ހަތާވީސް ރުފިޔާ ހަތްދިހަ ހަތްލާރި) 2019ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ދަޢުލަތަށް އަނބުރާ ހޯދިފައިވާކަން ފާހަގަކުރެވެއެވެ.