...

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ގްރޭޑް 11 އަށް އަލަށް ގުޅުނު ދަރިވަރުންނަށް ނަޒާހަތްތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ފެބްރުވަރީ މަހުގެ 4 ން 10 ގެ ނިޔަލަށް ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ފިޒިކްސް ލެބްގައެވެ. ޖުމަލް 10 ގަޑިއިރަށް ކުރިއަށް ގެންދެވުނު މި ޕްރޮގްރާމްގައި ކިޔެވުމުގައި ނަޒާހަތްތެރިކަން އިސްކުރުމުގެ މުހިންމުކަމުގެ އިތުރުން، ދަރިވަރުންގެ ސުލޫކާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާއި، ރަނގަޅު ގޮތް އިޚްތިޔާރުކުރުމަށް ބޭނުންކުރެވިދާނޭ '5 އެތިކަލް އެޕްރޯޗް' ގެ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދެވުނެވެ. 5 ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދެވުނު މި ޕްރޮގްރާމުގައި ޖުމްލަ 267 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި ސެޝަންތައް ހުށަހަޅާދީފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.