...

ތ.ތިމަރަފުށީގެ ދައުލަތުގެ މުވައްޒަފުންނަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ތ.ތިމަރަފުށީގެ އެކިއެކި މުއައްސަސާތަކުގެ ދައުލަތުގެ މުވައްޒަފުންނަށް ނަޒާހަތްތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް 2019 ޖުލައި 16 ވީ އަންގާރަ ދުވަހު ކުރިއަށް ގެންގޮސްފިއެވެ. 3 ގަޑިއިރަށް ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމްގައި މަސައްކަތުގެ މާހައުލުގައި ނަޒާހަތްތެރިކަން އިސްކުރުމުގެ މުހިންމުކަމުގެ އިތުރުން، މުވައްޒަފުންގެ ސުލޫކާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާއި، ޤައުމީ ނަޒާހަތްތެރިކަމުގެ ނިޒާމާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދެވުނެވެ. 21 މުވައްޒަފަކު ބައިވެރިވެރިވި މި ސެޝަން ހުށަހަޅާދީފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.

މި ޙަރަކާތަކީ އޭސީސީއާ ގުޅިގެން، ކޮރަޕްޝަނާދެކޮޅަށް އަދި ނަޒާހަތްތެރިކަން އިތުރު ކުރުމަށް ސްކޫލުތަކާއި، ކައުންސިލްތަކާއި، ރަށްރަށުގައި ޤާއިމްކޮށްފައިވާ ދައުލަތުގެ އެހެން އިދާރާތަކަށް ހުޅުވާލި ފުރުސަތުގައި ތ.އަތޮޅު ކައުންސިލްގެ އިސްނެގުމުގެ މަތިން އޭސީސީ އިން ކުރިޔަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.