...

ތ.ގުރައިދޫގެ ދައުލަތުގެ މުވައްޒަފުންނަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ތ.ގުރައިދޫގެ އެކިއެކި މުއައްސަސާތަކުގެ ދައުލަތުގެ މުވައްޒަފުންނަށް ނަޒާހަތްތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް 17 ޖުލައި 2019 ވީ ބުދަ ދުވަހު ކުރިއަށް ގެންގޮސްފިއެވެ. 3 ގަޑިއިރަށް ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމްގައި މަސައްކަތުގެ މާހައުލުގައި ނަޒާހަތްތެރިކަން އިސްކުރުމުގެ މުހިންމުކަމުގެ އިތުރުން، މުވައްޒަފުންގެ ސުލޫކާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާއި، ޤައުމީ ނަޒާހަތްތެރިކަމުގެ ނިޒާމާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދެވުނެވެ. 14 މުވައްޒަފަކު ބައިވެރިވެރިވި މި ސެޝަން ހުށަހަޅާދީފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.

މި ޙަރަކާތަކީ އޭސީސީއާ ގުޅިގެން، ކޮރަޕްޝަނާދެކޮޅަށް އަދި ނަޒާހަތްތެރިކަން އިތުރު ކުރުމަށް ސްކޫލުތަކާއި، ކައުންސިލްތަކާއި، ރަށްރަށުގައި ޤާއިމްކޮށްފައިވާ ދައުލަތުގެ އެހެން އިދާރާތަކަށް ހުޅުވާލި ފުރުސަތުގައި ތ.އަތޮޅު ކައުންސިލްގެ އިސްނެގުމުގެ މަތިން އޭސީސީ އިން ކުރިޔަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.