...

ކްރިމިނަލް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް އޮފް ކޮރަޕްޝަން ކްރައިމްސް، ލިންކްސް ވިތް މަނީ ލޯންޑްރިންގ ވަރކްޝޮޕެއް ފަށައިފި.

އެންޓި-ކޮރަޕްޝަން ކޮމިޝަންއިން ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް ( ޔޫއެންއޯޑީސީ) އާ ގުޅިގެން "ކްރިމިނަލް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް އޮފް ކޮރަޕްޝަން ކްރައިމްސް، ލިންކްސް ވިތް މަނީ ލޯންޑްރިންގ" ވަރކްޝޮޕް މާލޭގައި ފަށައިފިއެވެ. މި ޖުލައި މަހުގެ 8 - 10 އަށް ކުރިއަށްގެންދާ މި ވޯކްޝޮޕްގެ މައިގަނޑު މަޤުސަދަކީ ފައިނޭންޝިއަލް ޓްރާންސެކްޝަންތަކުގައި ހިމެނޭ ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤު ކުރާ އިންވެސްޓިގޭޓަރުންނާއި ޕްރޮސިކިއުޓަރުންނަށް ކަމާގުޅޭ ޚާއްޞަ ހުނަރުތައް ދަސްކޮށްދީ ފައިނޭންޝިއަލް އިންވެސްޓިގޭޝަން ހަރުދަނާކޮށް ވަރުގަދަކުރުމަށް ކުރެވިދާނެ ކަންތައްތަކާބެހޭ ގޮތުން މަޢުލޫމާތާއި، ބޭނުން ކުރާނެ އުކުޅުތަކާއި އަދި ފައިނޭންޝިއަލް ޓްރާންސެކްޝަންތަކުގައި ހުންނަ މައްސަލަތައް ދެނެގަންނާނެގޮތްތައް ވަރކްޝޮޕް ބައިވެރިންނަށް އޮޅުން ފިލުވައިދިނުމެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަންގައި ކުރިއަށް ގެންދާ މި ވަރކްޝޮޕްގައި އެސީސީގެ އިތުރުން ދައުލަތުގެ އެހެންބައެއް އިދާރާތަކުންވެސް ބައިވެރިވިއެވެ.