...

އޭސީސީގެ ނާއިބުރައީސްގެ މަޤާމަށް އާމިނަތު މިންނާ ޢައްޔަންކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނާއިބުރައީސްގެ މަޤާމަށް ކޮމިޝަނުގެ މެމްބަރު އަލްފާޟިލާ އާމިނަތު މިންނާ ޢައްޔަންކުރައްވައިފިއެވެ.ކޮމިޝަނުގެ ނާއިބުރައީސްގެ މަޤާމަށް އާމިނަތު މިންނާ ޢައްޔަންކުރައްވާފައި މިވަނީ، ކޮމިޝަންގެ ރައީސްކަމަށް މުޢައްވިޒު ރަޝީދު ޢައްޔަނުކުރެވިފައިވާތީ، ކޮމިޝަނުގެ ނާއިބުރައީސް ކަމުގެ މަޤާމް ހުސްވެފައިވާތީ، އެ މަޤާމަށް މީހަކު ޢައްޔަނުކުރުމަށް މިއަދު (07 ޖުލައި 2019) ބޭއްވި ކޮމިޝަނުގެ މެމްބަރުންގެ ޖަލްސާގެ އަޤްލަބިއްޔަތުންނެވެ.