...

އޭސީސީގެ ރައީސްގެ މަޤާމަށް މުޢައްވިޒު ރަޝީދު ޢައްޔަންކޮށްފި


އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސްގެ މަޤާމަށް ކޮމިޝަނުގެ ނާއިބުރައީސްގެ ގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު މުޢައްވިޒު ރަޝީދު ޢައްޔަންކުރައްވައިފިއެވެ.

ކޮމިޝަނުގެ ރައީސްގެ މަޤާމަށް މުޢައްވިޒު ރަޝީދު ރަޝީދު ޢައްޔަންކުރައްވާފައި މިވަނީ، ކޮމިޝަނުގެ ރައީސްގެ މަޤާމު ހުސްވުމާއި ގުޅިގެން ރައީސްގެ މަޤާމަށް މީހަކު ޢައްޔަންކުރުމަށްޓަކައި މިއަދު (04 ޖުލައި 2019) ގައި ބޭއްވި ކޮމިޝަނުގެ މެމްބަރުންގެ ޚާއްޞަ ޖަލްސާގައެވެ. މި ޖަލްސާގައި ކޮމިޝަނުގެ ރައީސްގެ މަޤާމަށް މުޢައްވިޒު ރަޝީދު ޢައްޔަންކުރުމަށް ނިންމާފައިވަނީ ކޮމިޝަނުގެ މެމްބަރުންގެ އިއްތިފާޤުންނެވެ.