...

މީރާގެ މުވައްޒަފުންނަށް ކޮރަޕްޝަން ޕްރިވެންޝަން ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މުވައްޒަފުންނަށް ކޮރަޕްޝަން ޕްރިވެންޝަން ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 22 ޖޫން 2019 ގައި މީރާގެ ޓްރެއިނިންގ ހޯލް ގައެވެ. 3 ގަޑި އިރުގެ މި ޕްރޮގްރާމުގައި ނަޒާހަތްތެރިކަމާ ކޮރަޕްޝަން ހުއްޓުވުމާބެހޭ ގޮތުން މަޢުލޫމާތު ބައިވެރިންނަށް ދެވުނެވެ. މީރާގެ 21 މުވައްޒަފުން ބައިވެރިވި މި ޕްރޮގްރާމު ހުށަހަޅައިދެއްވާފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.