...

ދުނިޔޭގެ ކެންސަރު ދުވަހާ ގުޅިގެން އޭސީސީގެ މުވައްޒަފުންނަށް އެވެއަރނެސް ސެޝަނެއް ބާއްވައިފި

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން ކެންސަރު ބަޔާމެދު ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މުވައްޒަފުންނަށް މިއަދު ބާއްވައިފިއެވެ.

ކެންސަރ ސޮސައިޓީއާ ގުޅިގެން ކުރިއަށް ގެންދިޔަ މި ސެޝަންގައި މަޢުލޫމާތު ދެއްވީ ޑރ. ޖުމައިލާ ބޭޤަމް އެވެ.

މި ސެޝަންގައި ކުރިއާލާ ކެންސަރު ބަލި ދެނެގަތުމުގެ މުހިންމުކަމާ އަދި ކެންސަރ ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗައް އަލިއަޅުވާ ލެއްވިއެވެ. ކެންސަރާ ދެކޮޅަށް ކުރެވެމުންދާ ހަނގުރާމާގައި، އެއް ޝިއާރެއްގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރެއްގެ 04 ފެބުރުވަރީ ފާހަގަ ކުރެވެމުން ދެއެވެ.