އޭސީސީގެ 2018 ވަނައަހަރުގެ މާލީ ބަޔާން އޮޑިޓްކޮށް ނިންމައިފި
28 މޭ 2019
އެންޓި-ކޮރަޕްޝަން ކޮމިޝަންގެ 2018 ވަނަ އަހަރުގެ މާލީ ބަޔާން އޮޑިޓްކޮށް ނިންމައިފިއެވެ. އޮޑިޓް ނިންމުމަށްޓަކައި ބޭއްވި ބައްދަލުވުން އޮތީ 28 މޭ 2019 ގެ 10:00 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގައެވެ. މި ބައްދަލުވުމުގައި 2018 ވަނަ އަހަރުގެ މާލީ ބަޔާން އޮޑިޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނު ގޮތާއި، އޮޑިޓްގައި ފާހަގަކުރެވުނު ކަންތައްތަކާ މެދު މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމުގައި އޭސީސީގެ މާލީހިސާބުތައް ދައުލަތުގެ މާލިއްޔަތާބެހޭ އެންމެހާ ގަވާއިދުތަކާ އެއްގޮތަށް ވަރަށް ރަނގަޅަށް ބަލަހައްޓަވާފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފާހަގަ ކުރެއްވިއެވެ.މިބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލްގެ ފަރާތްޕުޅުން ބައިވެރިވެ ވަޑައިގެންނެވީ ޑިރެކްޓަރ، ފައިނޭންޝަލް އޮޑިޓް އަލްފާޟިލް އިބްރާހީމް ފަޒީލް އާއި އޭސީސީ އޮޑިޓް ކުރެއްވި ޓީމުގެ މެންބަރުންނެވެ. އޭސީސީގެ ފަރާތުން ކޮމިޝަންގެ ނާއިބް ރައީސް އަލްއުސްތާޛު މުޢައްވިޒު ރަޝީދުއާއި ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ރަޝީދާއި އަދި ކަމާބެހޭ މުވައްޒަފުން ބައިވެރިވިއެވެ.