...

ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް 2025 އާ ގުޅޭ

ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް 2025 އާ ގުޅޭ 

ކޮރަޕްޝަން ޕާރސެޕްޝަން އިންޑެކްސް (ސީޕީއައި) އަކީ ޤައުމުތަކުގައި، "ކޮރަޕްޝަން އޮންނަ މިންވަރުކަމަށް ދެކޭ މިންވަރު" ބަލާ އެންމެ އާންމު މިންގަނޑެވެ. ސީޕީއައި އަކީ އޭގެ ޒާތުގައި އެ ދިރާސާގައި ކޮރަޕްޝަން އޮތް މިންވަރު ބަލާ ދިރާސާއެއް ނޫނެވެ. ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން ކޮންމެ އަހަރަކު ނެރޭ މި އިންޑެކްސް ތައްޔާރުކުރަނީ އެކި ފަރާތްތަކުން ކުރާ ދިރާސާތަކުން ފެންނަ ނަތީޖާތަކުގެ މައްޗަށް ބިނާކޮށްގެންނެވެ. މިއީ ދެކޭ ގޮތް (ޕަރސެޕްޝަން) ގެ މައްޗަށް ބިނާކުރާ ދިރާސާއަކަށްވުމުން އިންޑެކްސްގެ ސްކޯ އަދި ރޭންކިންގ ބިނާވަނީ ދެކޭގޮތުގެ މައްޗަށް ރިޢާޔަތްކޮށް ނެގޭ މަޢުލޫމާތުގެ މައްޗަށެވެ.  

2025 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ސްކޯރ އާއި ރޭންކް ކަނޑައެޅުމަށް ބޭނުންކުރެވިފައިވަނީ، ހަމައެކަނި އަންނަނިވި ތިން މަސްދަރު އެކަނިކަން ފާހަގަކުރަމެވެ. 

1.      ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގްސް  

2.      ވާރލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް  

3.      ވެރައިޓީސް އޮފް ޑިމޮކްރަސީ   

މަތީގައިވާ ދިރާސާތަކަކީ، އެ ދިރާތަކުގައި ކޮރަޕްޝަން ދިވެހިރާއްޖޭގައި އޮތް މިންވަރު ސީދާ ވަޒަންކޮށްފައިވާ ދިރާސާތަކެއް ނޫނެވެ. އަދި ހަމައެއާއެކު، ގިނަ ޤައުމުތަކާ ޚިލާފަށް، ދިވެހިރާއްޖޭގެ ސްކޯރ އެކުލަވާލުމަށް ބޭނުންކުރެވިފައިވަނީ، މަދު  މަސްދަރުތަކެއް ކަމަށްވުމާއެކު، މި ސްކޯރގެ ނަތީޖާއަކީ މާނަހުރި ރަނގަޅު ނަތީޖާއެއްކަމުގައި ހެދުމަށްޓަކައި މިކަން ޤައުމީ ފެންވަރުގައި މަޝްވަރާކުރެވި ރައްޔިތުންގެ ސަމާލުކަމަށް ގެނައުން މުހިންމު ކަމެއްގެ ގޮތުގައި، މި ކޮމިޝަނުން ދެކެމެވެ.

 ދިވެހިރާއްޖޭގެ ނަޒާހަތްތެރިކަމުގެ ޤައުމީ ނިޒާމް (ނޭޝަނަލް އިންޓެގްރިޓީ ސިސްޓަމް)، އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުމަށް ކޮމިޝަނުން މިގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ދިވެހިރާއްޖޭގެ ދިގުރާސްތާ ޤައުމީ ޕްލޭނާއި، މޯލްޑިވްސް 2.0 އާ އެއްކީލިވާނެ، "ޤައުމީ އެންޓި-ކޮރަޕްޝަން ސިޔާސަތު" އ.ދ ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގެ އެހީތެރިކަމާއެކު އެކުލަވާލުމުގެ މަސައްކަތް މި ކޮމިޝަނުން ފަށައި މިހާރު ކުރިޔަށްގެންދާކަން މި ފުރުޞަތުގައި ފާހަގަކުރަމެވެ.

އަދި މި ފުރުޞަތުގައި، އިންޓަރނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީއިން އިސްނަގައިގެން އަލަށް ކުރިޔަށް ގެންދާ "މެޝަރިންގ އިފެކްޓިވްނެސް އޮފް އެންޓި-ކޮރަޕްޝަން އޭޖެންސީސް" ގެ ފަންނީ މަސައްކަތުގައި މި ކޮމިޝަނުން އެހެން ޤައުމުތަކާއެކު މިދަނީ މަސައްކަތް ކުރަމުންކަންވެސް ފާހަގަކުރަމެވެ.