ކޮރަޕްޝަން އަދި ރިޝްވަތާ ދެކޮޅަށް ހޭލުންތެރިކުރުވުމުގެ ސެޝަނެއް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތން ސްޓޭޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ މުވައްޒަފުންނަށް ނަގައިދީފި
24 އޭޕްރީލު 2025
އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ މުވައްޒަފުންނަށް އެންޓި- ކޮރަޕްޝަން އަދި އެންޓި ބްރައިބަރީއާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ގޮތުން ސެޝަނެއް ބާއްވައިފިއެވެ.
23 އޭޕްރިލް 2025 ވީ ބުދަ ދުވަހު ކުރިއަށްގެންދެވުނު މި ވޯކްޝޮޕްގައި ބައިވެރިވެފައިވަނީ އެސް.ޓީ.އޯ ގެ ހެލްތް ކެއަރ ސޮލިއުޝަން ޑިޕާޓްމެންޓުގެ މުވައްޒަފުންނެވެ.
އޭސީސީ އިން ކުރިއަށްގެންދިޔަ މިސެޝަނުގައި ކޮރަޕްޝަނާއި ރިޝްވަތަކީ ކޮބައިކަމާއި މިކަމުގެ ސަބަބުން މުޖުތަމައާއި ވިޔަފާރިތަކަށް ކުރާ ގެއްލުންތަކާއި ކޮރަޕްޝަން ވިޔަނުދިނުމަށް ފަރުދީ ގޮތުންނާއި މަސައްކަތުގެ މާހައުލުގައި ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް ވަނީ އަލިއަޅުވާލާފައިވެއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ދުވަސްތަކުގައި އެސް.ޓީ.އޯގެ އިތުރު ޑިޕާޓްމެންޓްތަކުގެ މުވައްޒަފުންވެސް މި ސެޝަން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.