...

ކޮމިޝަނަށް މެދުނުކެނޑި 10 އަހަރު ދުވަހު ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީފިލާ ދީފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މެދުނުކެނޑި 10 އަހަރު ދުވަހު ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ ޚިދުމަތު އަގު ވަޒަންކޮށް ހަނދާނީފިލާ ދީފިއެވެ.

ކޮމިޝަންގެ މުވައްޒަފުންގެ ތެރެއިން މެދުނުކެނޑި 10 ޚިދުމަތްކުރެއްވުމާ ގުޅިގެން މި ފަހަރު ފިލާ ހާސިލު ކުރެއްވި 05 މުވައްޒަފުންނަށް ފިލާ ހަވާލުކޮށްދެއްވީ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަ ކުރުމަށް 2019 އޭޕްރީލް 21 ވަނަ ދުވަހު ކަސްޓަމްސްގެ މީރު ބަހުރު މާލަމުގައި ބޭއްވި ޚާއްޞަ ޖަލްސާގައި، އެ ޖަލްސާގެ ޝަރަފްވެރި މެހްމާނު އިންފޮމޭޝަން ކޮމިޝަނަރ އަލްއުސްތާޛު ޢަބްދުލް ޢަޒީޒު ޖަމާލު އަބޫބަކުރެވެ.