...

ޕީއެސްއެމްގެ ޚިޔާނާތުގެ މައްސަލަ އޭސީސީއިން އަންނަނީ ތަޙުޤީޤުކުރަމުން

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ޑޮލަރު ގަތުމަށް ނެގި ފައިސާ އާއި އާމްދަނީގެ ގޮތުގައި ބަލައިގަނެފައިވާ ފައިސާއާގުޅޭ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އަންނަނީ ތަޙުޤީޤުކުރަމުންނެވެ. މި މައްސަލައަކީ ފަބްލިކް ސަރވިސްމީޑިއާއިން މި ކޮމިޝަނަށް ހުށަހަޅައިގެން މި ކޮމިޝަނުން މި ޖުލައި މަހުން ފެށިގެން ތަޙުޤީޤު ކުރަމުންއަންނަ މައްސަލައެކެވެ.

ކޮމިޝަނުންވަނީ މައްސަލައިގެ "ޕްލިމިނަރީ ތަޙުޤީޤު" ނިންމައި، އިތުރަށް ތަޙުޤީޤު ކުރަންޖެހޭ ކަންކަން ހުރުމާއެކު މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަން ފަށައިފައެވެ.

މި މައްސަލައާއި ގުޅުންހުރި ޕީއެސްއެމްގެ ޚާއްސަ އޮޑިޓް ކުރިޔަށް ދިޔައިރު، އޮޑިޓަރ ޖެނެރަލްގެ އޮފީހުން މި ކޮމިޝަނާ މަޝްވަރާކުރައްވައި، މައްސަލައާ ގުޅުންހުރިހެއްކާއި ޤަރީނާއަށް އަސަރު ނުކުރާނެގޮތަށް ދެ މުއައްސަސާއިން އެކުގައިވަނީ މަސައްކަތްކޮށްފައެވެ.

މި މަހުގެ ތެރޭގައި  ދިވެހި ފުލުހުންގެ ޚިދުމަތުންވެސްވަނީ މިމައްސަލަ އޭސީސީއަށް ހުށަހަޅުއްވާފައިވެއެވެ.

 

                                    ------------------

26 ރަބީޢުލްއައްވަލް 1446

29 ސެޕްޓެންބަރު 2024