...

ކުޅިވަރުގައި ނަޒާހަތްތެރިކަން ކުރިއެރުވުމުގެ ކެމްޕެއިން – "ޕަޗަސް" އިފްތިތާޙުކޮށްފި

ކުޅިވަރުގައި ނަޒާހަތްތެރިކަން ކުރިއެރުވުމުގެ ކެމްޕެއިން –

 “Promoting Anti-Corruption, Honesty and Accountability in Sports (PACHAS)” އިފްތިތާޙުކޮށްފިއެވެ. މިކެމްޕޭން އިފްތިތާޙުކޮށް ދެއްވީ 22 ޖުލައި 2024 ގައި މިކަމަށްޓަކައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަލްފާޟިލް ޢަބްދުﷲ ރާފިޢުއެވެ.

މި ކެމްޕޭނަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއާ ގުޅިގެން ކުޅިވަރުގެ ދާއިރާގައި ކޮރަޕްޝަނުން ސަލާމަތްކުރުމާއި، ކުޅިވަރުގައި ނަޒާހަތްތެރިކަން ކުރިއެރުވުމުގެ މަޤްސަދުގައި އިފްތިތާޙުކޮށްފައިވާ ކެމްޕެއިނެކެވެ.  

މި ކެމްޕޭނުގައި ހިމެނޭ މައިގަނޑުކަންކަމަކީ؛

-        ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ހިންގާ ކޮރަޕްޝަނާއި، އިދާރީ ހިންގުން (ގަވަރނެންސް)ގައި ހުރި ކޮރަޕްޝަންގެ ހިރާސްތައް ދިރާސާކޮށް ފިޔަވަޅު އެޅުމާގުޅޭ އަދި ނަޒާހަތްތެރި ކުރިއެރުވުމަށް ކުރެވޭނެކަންކަން ބެލުމަށް އޭސީސީއިން މިހާރުވެސް ކުރަންފަށާފައިވާ ދިރާސާ (ކުޅިފަސް) ކުރުން

-        އިދާރާތަކާއި، ކުޅިވަރު ޖަމުއިއްޔާ ޖަމާޢަތްތަކާއި، އެހެނިހެން މަސްއޫލުވެރި އިދާރާތަކުގައި ކޮމިޝަނުން ތައްޔާރުކޮށްފައިވާ ކޮރަޕްޝަން ރިސްކް ސެލްފް އެސެސްމެންޓް (ހިންމި) ކުރިއަށްގެންގޮސް، ކޮރަޕްޝަންގެ ހިރާސް އޮތް މިންވަރު ވަޒަންކޮށް، އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ ތަންފީޒުކުރުމުގައި އެހީތެރިވުން،

-        "ކުޅިފަސް" ދިރާސާއާއި،"ހިންމި" ރިސްކް އެސެސްމެންޓުން ފާހަގަވެގެންދާ ކޮރަޕްޝަންގެ ހިރާސްތައް ކުޑަކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކަށައަޅައި ތަންފީޒުކުރުމަށް އެހީތެރިކަމާއި އެއްބާރުލުންދިނުން

-        ކުޅިވަރާގުޅިފައިވާ ކޮރަޕްޝަނުގެ ސަބަބުން ލިބޭ ގެއްލުންތަކާއި، ކުޅިވަރާއިބެހޭ ނަޒާހަތްތެރިކަން ކުރިއެރުވުމުގެ މައްޗަށް ކުޅިވަރާގުޅޭ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނާއި، ޖަމިއްޔާޖަމާއަތްތަކުގެ މެންބަރުންނާއި، އާންމުން ހޭލުންތެރިކުރުވައި ކުޅިވަރުގައި ނަޒާހަތްރެރިކަން ކުރިއެރުވުމަށް މަސައްކަތްކުރުން،

މި ކެންޕޭނު އިފްތިތާޙްކުރުމަށް ބޭއްވުނު ހަފްލާގައި މިނިސްޓަރުގެ އިތުރުން، ސްޕޯޓްސް ކޮމިޝަނަރއާއި މިނިސްޓްރީގެ އިސްވެރިންނާއި ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުން ބައިވެރިވެފައިވެއެވެ.

 


22 ޖުލައި 2024