...

ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުވުމުގެ ސެޝަނެއް އޭސީސީން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މުވައްޒަފުންނަށް ނަގައިދީފި

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ރޯޑް ޑިވެލެޕްމެންޓް ކޯޕަރޭޝަންގެ މުވައްޒަފުންނަށް "ކޮރަޕްޝަން ޕްރިވެންޝަން" އަދި "ޕްރޮކިއުމަންޓް އެންޑް ކޮމްޕްލަޔަންސް" ގެ ނަމުގައި ވޯކްޝޮޕެއް ބާއްވައިފިއެވެ.

13 ޖުލައި 2024 ވީ ހޮނިހިރު ދުވަހު ކުރިއަށްގެންދެވުނު މި ވޯކްޝޮޕްގައި ޖުމްލަ 26 މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.

އޭސީސީ އިން ކުރިއަށްގެންދިޔަ މިސެޝަނުގައި ކޮރަޕްޝަނަކީ ކޮބައިކަމާއި ކޮރަޕްޝަންގެ ސަބަބުން މުޖުތަމައާއި ވިޔަފާރިތަކަށް ކުރާ ގެއްލުންތަކާއި ކޮރަޕްޝަން ވިޔަނުދިނުމަށް ފަރުދީ ގޮތުންނާއި މަސައްކަތުގެ މާހައުލުގައި ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް ވަނީ އަލިއަޅުވާލާފައިވެއެވެ. މީގެ އިތުރުން ޕްރޮކިއުމެންޓް ނިޒާމުގައި ކޮރަޕްޝަންގެ ހިރާސް އޮންނަ ސަބަބުތަކާއި ސަރުކާރު ކުންފުނިތަކުގެ ޕްރޮކިއުމެންޓްގައި ދެފުށްފެނުމާއި ޖަވާބުދާރީވުން ކަށަވަރުކުރުމާއި ކުންފުނީގެ ޕްރޮކިއުމެންޓް ނިޒާމުގައި ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށްޓަކައި ކުރެވިދާނެކަންތައްތަކުގެ މައްޗަށް އަލިއަޅުވާލެވުނެވެ.