...

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ސަރވިސް ޗާޓަރ އިފްތިތާޙުކޮށްފި

ކޮމިޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ބޭނުންވާ ފެންވަރުގައި ފޯރުކޮށްދެވޭ، ހިތްހަމަޖެހޭ ޚިދުމަތްތަކެއް ދެވޭ މުއައްސަސާއަކަށް ހެދުމުގެ މަޤުޞަދުގައި އެންޓި-ކޮރަޕްޝަންގެ ކޮމިޝަނުގެ ސަރވިސް ޗާޓަރ މިއަދު އިފްތިތާޙް ކޮށްފިއެވެ.

ކޮމިޝަނުން ދޭ ޚިދުމަތްތައް، އެ ޚިދުމަތްތައް ހޯދޭނެ ގޮތްތަކާއި، ޚިދުމަތް ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާ ވަގުތުތައް އެއްތާކުން ފެންނާނެ ގޮތަށް އެކުލަވާލެވިފައިވާ ސަރވިސް ޗާޓަރ ކޮމިޝަނުގެ ވެބްސައިޓުގައި މިހާރުވަނީ ޝާއިޢު ކުރެވިފައެވެ. ކޮމިޝަނުގެ އަމާޒަކީ ކޮމިޝަނުން ޢާއްމު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ އެކަށީގެންވާ އަވަސްމިނުގައި ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދެވޭ ޚިދުމަތްތަކަށް ހެދުމެވެ. އަދި ކޮމިޝަނުގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ޚިދުމަތްތައް ވީހާވެސް ފަސޭހައި ރައްޔިތުންނަށް ލިބޭނެ ގޮތް އިންތިޒާމް ކުރުމުވެ.