...

ނޫސް ބަޔާން

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި މިހާރު ދައުރުކުރަމުންގެންދާ ލިސްޓަކީ، މި ކޮމިޝަނުގެ ލިސްޓެއް ނޫންކަން ކޮމިޝަނުން ބެލިބެލުމުންވަނީ އެނގިފައެވެ. އަދި، އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން މި ކޮމިޝަނުން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގައި ދަންނަވަމެވެ.

އަދި މި ފުރުސަތުގައި، ކޮމިޝަނުގެ އެއްވެސް މަސައްކަތަކަށް އެއްވެސް މީހެއްގެ ނުވަތަ ފަރާތެއްގެ އެއްވެސް ނުފޫޒެއް ނޯންނާނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ. އަދި ކޮމިޝަނުގެ އެންމެ މަތީ މަސްލަހަތަކީ ޤާނޫނު ނަގަހައްޓައި، ތިޔަ ލޮބުވެތި ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުންކަމުގައި ދަންނަވަމެވެ.