...

އޭސީސީއާ ޓްރާންސްޕޭރަންސީ މޯލްޑިވްސް ގުޅިގެން ބާއްވާ "އެންޓި-ކޮރަޕްޝަން ސިމްޕޯޒިއަމް 2023" ފަށައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް ގުޅިގެން "ސިޔާސީ ނިޒާމުގައި ނަޒާހަތްތެރިކަން ކުރިއަރުވައި ދެފުށްފެނުން ހަރުދަނާކުރުން" މި ތީމްގެ ދަށުން ކުރިއަށްގެންދާ ސިމްޕޯސިއަމް ފަށައިފިއެވެ.

މި ސިމްޕޯސިއަމް ކުރިއަށްދާނީ މި ދާއިރާގެ މަސްލަހަތުވެރިންގެ ބައިވެރިވުމާއެކު، މިއަދާއި މާދަމާ، ބަނޑޮސް މޯލްޑިވްސްގައެވެ.

ސިމްޕޯޒިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އޭސީސީގެ މެންބަރުންނާއި،  މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ އިތުރުން ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އިސްފަރާތްތަކާއި، ސިޔާސީ ޕާޓީތަކުގެ ބޭފުޅުން އަދި ޖަމިއްޔާތަކުން ބައިވެރިވިއެވެ.

ސިމްޕޯޒިއަމފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އޭސީސީގެ މެންބަރު ޝަޒްނާ ޙާޝިމް ވިދާޅުވީ، މިސިމްޕޯސިއަމްގެ ޙަޤީޤީ ބޭނުމަކީ ސިޔާސީ ޙަރަކާތަތްކުގެ މާލީ ނަޒާހަތްރިކަން ކަށަވަރުކޮށް އިންތިޚާބުތަކާއި ސިޔާސީ ނިންމުންތަކުގެ ދެފުށްފެނުން އިތުރުކުރުން ކަމަށްވީ ހިނދު މިކަމަކީ ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށެވެ.

މި ސިމްޕޯސިއަމްއަކީ މިގޮތުން ރަނގަޅު ނަތީޖާއެއް ނެރެވޭނެ ހަރަކާތެއްކަން ފާގަކުރައްވައި މެންބަރު ޝަޒްނާ ވިދާޅުވީ، މި ސިމްޕޯޒިއަމްއަކީ މިކަމުގެ މަސްލަހަތުއޮތް އެންމެހާ ފަރާތްތައް ޝާމިލުވާ ޕްލެޓްފޯކަމަށް ވުމުން މި ދެ ދުވުހު މަޝްވަރާ ކުރެވޭނެ ކަންތައްތަކަކީ އެންމެންގެވެސް ބައިވެރިވުމާ ޚިޔާލާއެކު، ނިމިގެންދާނެ ނިންމުންތަކަށް ވެގެންދާނެކަމަށެވެ.

ސިޔާސީ ނަޒާހަތްތެރިކަމާއި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި މަގުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޕެނަލިސްޓުންގެ ގޮތުގައި ކަމާބެހޭ މުއައްސަސާތަކުގެ އިސް ފަރާތްތައް ބައިވެރިވި މި ސިމްޕޯޒިއަމްގެ ފުރަތަމަ ދުވަހުގައި މުހިއްމު 6 މަޢުޟޫއަކަށްވަނީ ޕެނަލް ޑިސްކަޝަންތައް ބާއްވައި އޯޑިއަންސްގެ ސުވާލުތަކަށް ޖަވާބުދީފައެވެ.

ޕެނަލް ޑިސްކަޝަންތަކުން ލިބުނު ލަފާތަކުގެ މައްޗަށް ބިނާކޮށް އައުޓްކަމް ޕޭޕަރެއް އެކުލަވާލަވާލުމަށްވެސް ވަނީ ހަމެޖެހިފައެވެ.