...

"އެންމެން އެކުގައި ކޮރަޕްޝަނާ ދެކޮޅަށް" މިނަމުގައި ނަރުދޫ ކައުންސިލާ ގުޅިގެން ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފި

"އެންމެން އެކުގައި ކޮރަޕްޝަނާ ދެކޮޅަށް" މިނަމުގައި އޭސީސީއާ ށ. ނަރުދޫ ކައުންސިލް ގުޅިގެން ހަރަކާތްތަކެއް ކުރިއަށްގެންގޮސްފިއެވެ. 

ދެ ދުވަހުގެ މުއްދަތަކައް ކުރިއަށްގެންދިޔަ މި ހަރަކާތްތަކުގެ ތެރެއިން ވަނީ އާއްމު ރައްޔިތުންނަށާއި، މުވައްސަސާތަކުގެ މުވައްޒަފުންނަށް ޕްރޮކިއުމަންޓައި ގުޅޭ ކަންކަމަށް ހޭލުންތެރިކުރުމުގެ ތަމްރީނު ޕްރޮގްރާމްތަކެއް ކުރިއަށްގެންގޮސްފައެވެ. 

މީގެ އިތުރުން ނަރުދޫ ސްކޫލްގެ ދަރިންވަރުންނާ ބެލެނިވެރިންނަށް ސްކޫލް އިންޓަރގްރިޓީ ޕްރޮގްރާމެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. 

ނަރުދޫގައި ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމްތަކާއި ސެޝަންތަކުގެ ތެރެއިން، އާންމު ފަރާތްތަކާއި އިދާރާތަކުގެ މުވައްޒަފުންގެ ސުވާލުތަކަށް ޖަވާބުދިނުމުގެ ބައެއްވެސް ކުރިއަދިޔައެވެ.