"އެންމެން އެކުގައި - ކޮރަޕްޝަނާއި ދެކޮޅަށް" ކެމްޕެއިންގެ ދަށުން ހިންގާ ވޯކްޝޮޕް ގދ ތިނަދޫގައި ކުރިއަށް ގެންގޮސްފި
29 އޯގަސްޓު 2023
އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން އިސްނަގައިގެން ދައުލަތުގެ ގުޅުންހުރި މުއައްސަސާތަކާއި ގުޅިގެން ކުރިއަށްގެންދާ "އެންމެން އެކުގައި - ކޮރަޕްޝަނާއި ދެކޮޅަށް" ކެމްފެއިންގެ ދަށުން ހިންގި ވޯކްޝޮޕް ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި ކުރިއަށްގެންގޮސްފިއެވެ.
އޮގަސްޓް 21 ން 22 ށް، ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދެވުނު މި ވޯކްޝޮޕްގެ ސެޝަންތައް ނަންގަވައި ދެއްވުމުގައި އޭސީސީގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެފައި ވެއެވެ. ގދ.ތިނަދޫ ގެ ދައުލަތުގެ އެކި މުއައްސަސާތަކުން ޖުމްލަ 25 މުވައްޒަފުން ބައިވެރި ވެފައިވެއެވެ.
މި ވޯކްޝޮޕް ކުރިއަށްގެންގޮސްފައިވަނީ ތަފާތު 5 ސެޝަނެއްގެ މައްޗަށެވެ. އެއީ ކޮރަޕްޝަން ޕްރިވެންޝަން ސެޝަނަކާއި އާރްޓީއައި އެކްޓް ސެޝަން އަދި ވިސްޓްލްބްލޯވަރ އެކްޓް ސެޝަންގެ އިތުރުން އިލެކްޝަންގެ މައުލޫމާތު ސެޝަނަކާއި އިލެކްޓޯރަލް އެންޓި-ކޮރަޕްޝަން ސެޝަނެކެވެ.
ކޮރަޕްޝަނާއި ކޮރަޕްޝަންގެ ގެއްލުމާއި ވިސްލްބްލޯވާރސް އެކްޓް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު އަދި އިންތިޚާބީ ކޮރަޕްޝަންގެ މައްޗަށް ދައުލަތުގެ މުވައްޒަފުން ހޭލުންތެރިކުރުވުމުގެ މަޤުޞަދުގައި ކުރިއަށްގެންދެވުނު މި ވޯކްޝޮޕްގައި ސެޝަންތައް ނަންގަވައި ދެއްވީ އޭސީސީ އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި އިލެކްޝަންސް ކޮމިޝަންގެ ފަންނީ މުވައްޒަފުންނެވެ.