...

ނަޒާހަތްތެރި ދަރިވަރުން ބިނާކުރުން ޕްރޮގްރާމް ގދ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށް ގެންގޮސްފި

އޭސީސީގެ ފަރާތުން ސްކޫލްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ނަޒާހަތްތެރި ދަރިވަރުން ބިނާކުރުމުގެ ޕްރޮގްރާމް ގދ އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށްގެންގޮސްފިއެވެ.

އުނގެނުމާއި އުގަންނައިދިނުމުގެ ތެރެއިން ސްކޫލު މާޙައުލުގައި ނަޒާހަތްތެރިކަން އިސްކުރުމަށް ބާރުއަޅައި، ނަޒާހަތްތެރި މުޖުތަމައެއް ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ މި ސެޝަންގައި ނަޒާހަތްތެރިކަމުގެ ސިފަތަކާއި، ކޮރަޕްޝަންގެ ޢަމަލުތަކުގެ ގެއްލުމާއި އުނގެނުމުގައި ނަޒާހަތްތެރިވާނެ ގޮތްތައް ދަރިވަރުންނާއި ހިއްސާކުރެވުނެވެ.

މީގެ އިތުރުން ދަރިވަރުން ބިނާ ކުރުމުގައި މުދައްރިސުންނާއި އަދި ބެލެނިވެރިންގެ ދައުރާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް މުދައްރިސުންނަށާއި ބެލެނިވެރިންނަށް ޙާއްސަކޮށްގެން ވަކިން ސެޝަންތަކެއް ގެންދެވުނެވެ.

20 އޮގަސްޓް 2023 ވީ އާދީއްތަ ދުވަހުގެ ހަވީރާއި ރޭގަނޑުގެ ވަގުތުތަކުގައި ކުރިއަށްގެންދެވުނު މިސެޝަންތަކުގައި 42 ދަރިވަރުންނާއި 17 ބެލެނިވެރިން އަދި 13 މުދައްރިސުން ބައިވެރިވެފައި ވެއެވެ. މިސެޝަންތައް ނަންގަވައިދެއްވީ އޭސީސީގެ ފަންނީ މުވައްޒަފުންނެވެ.