...

'އަބާންނަ – ރިޕޯޓު' ފޮތް ޝާއިޢުކޮށްފި

ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އޭސީސީގެ މުވައްޒަފުންނަށް ހުޅުވާލައިގެން ޢިލްމީ އެކި މަޢުޟޫޢުތަކަށް ދިރާސާ ރިޕޯޓު ލިޔުމުގެ މުބާރާތެއް ބާއްވައިފިއެވެ. 2019 އެޕްރީލް 21 ވީ އާދީއްތަ ދުވަހުގެ ރޭ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބޭއްވި ޚާއްޞަ ޖަލްސާގައި 'އަބާންނަ – ރިޕޯޓު' ގެ ނަމުގައި ފޮތެއް ޝާއިޢުކޮށް އެފޮތުގައި މިގޮތުން ހުށަހެޅު ރިޕޯޓުތައްވަނީ ހިމަނާފައެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މުވައްޒަފުންގެ މެދުގައި ބޭއްވުނު ނަޒާހަތްތެރިކަމާއި ކޮރަޕްޝަނާ ގުޅުންހުރި އެކިއެކި ދާއިރާތަކަށް ޢިލްމީ ރިޕޯޓު ލިޔުމުގެ މުބާރާތަށް ހުށަހެޅުނު ރިޕޯޓުތައް ހިމަނައިގެން އެކުލަވާލެވިފައިވާ ފޮތެކެވެ. ކަސްޓަމްސްގެ މީރުބަހުރު މާލަމުގައި ބޭއްވި މި ޖަލްސާގައި ރިޕޯޓު ފޮތް ނެރެދެއްވާފައިވަނީ އެސިސްޓަންޓް އޮޑިޓަރ ޖެނެރަލް އަލްފާޟިލް އައިމަން މުޙައްމަދުއެވެ. މި ޖަލްސާގައި ރިޕޯޓު ލިޔުމުގެ މުބާރާތުން ވަނަވަނައަށް އައި ޔުނިޓްތަކަށާއި އިންވެސްޓިގޭޝަން ޓީމްތަކަށް ހަނދާނީ ފިލާ އަދި ލިޔުން ދީފައިވެއެވެ. މި ނަންބަރު ފުރިހަމަ ކޮށްދެއްވާފައިވަނީ އިލެކްޝަން ކޮމިޝަނުގެ މެމްބަރ އަލްފާޟިލް އިސްމާޢިލް ހަބީބެވެ.