...

އޭސީސީގެ ފަރާތުން ޑްރަގް ކޯޓުގެ މުވައްޒަފުންނަށް ކޮރަޕްޝަން ޕްރިވެންޝަން ސެޝަނެއް ނަގައިދީފި

އޭސީސީގެ ފަރާތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މުވައްޒަފުންނަށް ކޮރަޕްޝަން ޕްރިވެންޝަން ސެޝަނެއް ނަގައިދީފިއެވެ.

ކޮރަޕްޝަނާއިމެދު މުވައްޒަފުން ހޭލުންތެރިކުރުވުމުގެ މަޤުޞަދުގައި ކުރިއަށް ގެންދެވުނު މިސެޝަން ގެންދެވިފައިވަނީ ކޮރަޕްޝަންގެ ކުށްތަކަކީ ކޮބައިކަން ބުނެދިނުމާއި ކޮރަޕްޝަންގެ ނުބައިކަން ހާމަކޮށްދިނުމާއި ކޮރަޕްޝަންގެ ސަބަބުން ލިބޭ ގެއްލުން ތަކުގެ މައްޗަށެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގައި މިވަގުތު ކޮރަޕްޝަންގެ ހާލަތާއި އެ ކަމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުން ސަލާމަތްވެވޭނީ ކިހިނެއްކަމާއިމެދު ވާހަކަ ދެކެވިފައިވެއެވެ.

02 އޯގަސްޓް ވީ ބުދަ ދުވަހު ބޭއްވުނު މި ސެޝަންގައި ޑްރަގް ކޯޓްގެ 16 މުވައްޒަފުން ބައިވެރިވެފައިވެއެވެ. އަދި މި ސެޝަން ކުރިއަށް ގެންގޮސްދީފައިވަނީ އޭސީސީގެ ތަޖުރިބާކާރު ފަންނީ މުވައްޒަފުންނެވެ.