އެމްއޭސީސީން ރާއްޖޭގެ އިންޓެލިޖެންސް އަދި އިންވެސްޓިގޭޝަން ދާއިރާގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި
28 މޭ 2023
އިންޓެލިޖެންސް އަދި އިންވެސްޓިގޭޝަން ދާއިރާގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން "އިންޓެލިޖެންސް ބޭސްޑް އިންވެސްޓިގޭޝަން" ތަމްރީނު ޕްރޮގްރާމެއް ބާއްވައިފިއެވެ.
މިއީ މަހުގެ 22 އިން 26 އަށް މެލޭޝިޔާގެ އެންޓި-ކޮރަޕްޝަން ކޮމިޝަން(އެމްއޭސީސީ)ގެ ވަފުދުން ރާއްޖެއަށްކުރި ޒިޔާރަތުގެ ތެރެއިން ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ.
މެލޭޝިޔާގެ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ތަޖުރިބާކާރު ބޭފުޅުން ނެންގެވިމި ޓްރެއިނިންގެ ސެޝަންތަކުގައި އެކޮމިޝަނުން ކޮރަޕްޝަނާ ދެކޮޅަށްކުރާ މަސައްކަތްތަކާއި، ތަފާތު ކޭސްތަށް ކުރިއަށްގެންދިޔަ ގޮތްތަކާއި ތަޖުރިބާތަކުގެ އިތުރުން މައްސަލަތައް ތަހުގީގުކުރުމުގައި ގެންގުޅޭ އުސޫލުތަކާއި އަމަލުކުރާ ގޮތްތަށްވަނީ ހިއްސާކޮށްފައެވެ.
ދެ ދުވަހުގެ މި ޓްރެއިނިންގައި ރާއްޖޭގައި އިންޓެލިޖެންސް އަދި އިންވެސްޓިގޭޝަން ދާއިރާގައި މަސައްކަތްކުރައްވާ އެކި އިދާރާތަކުގައި މަސައްކަތްކުރާ 45 މުވައްޒަފުން ބައިވެރިވިއެވެ.
އޭސީސީގެ އިތުރުން މި ޓްރެއިނިންގައި، ފުލުހުންގެ ޚިދުމަތާއި، ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިތުރުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން މުވައްޒަފުން ބައިވެރިވިއެވެ.