...

ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް އޭސީސީން އެމްޕީއެލްގެ މުވައްޒަފުންނަށް ނަގައިދީފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް ގެ މުވައްޒަފުންނަށް ކޮރަޕްޝަން ހުއްޓުވުމާއި ގުޅޭ ގޮތުން ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ނަގައިދީފިއެވެ.

26 މާރޗް 2023 ން 29 މާރޗް 2023 ކުރިއަށްގެންދެވުނު މި ސެޝަންތަކުގައި އެ މުއައްސަސާގެ 93 މުވައްޒަފުން ބައިވެރިފައިވެއެވެ. އޭސީސީ އިން އިސްނަގައިގެން ކުރިއަށްގެންދިޔަ މިސެޝަންތަކުގައި ކޮރަޕްޝަނަކީ ކޮބައިކަމާއި ކޮރަޕްޝަންގެ ސަބަބުން މުޖުތަމައާއި ވިޔަފާރިތަކަށް ކުރާ ގެއްލުންތަކާއި ކޮރަޕްޝަން ވިޔަނުދިނުމަށް ފަރުދީ ގޮތުންނާއި މަސައްކަތުގެ މާހައުލުގައި ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް ވަނީ އަލިއަޅުވާލާފައިވެއެވެ. މީގެ އިތުރުން މަސައްކަތުގެ މާހައުލުގައި ނަޒާހަތްތެރިވުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުވާލާފައިވެއެވެ.

މިސެޝަންތަކުގައި އެމްޕީއެލްގެ މުވައްޒަފުންނަށް މަޢުލޫމާތު ދީފައިވަނީ އޭސީސީގެ ތަޖުރިބާކާރު ފަންނީ މުވައްޒަފުންނެވެ.